Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވެލެންސިއާ އިން އެތުލެޓިކޯ ބަލިކޮށްފި

މިއީ މި ސީޒަންގެ ލީގުގައި އެތުލެޓިކޯގެ ފުރަތަމަ ބަލި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 02:38
ސްޕެނިޝް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ވެލެންސިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ވެލެންސިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ވެެލެންސިއާ އިން ކާމިޔާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ވެލެންސިއާ އިން ވަނީ ދެ ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ނަގައިދިނީ ހޫގޯ ޑޫރޯ އެވެ. އެއީ ވެލެންސިއާގެ ސާޖީ ކާނޯސް ހުރަސްކޮށްދިން ބޯޅައެއް، އެތުލެޓިކޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހި އޭނާ އަށް ލިބުނު ގޯލަށް ވައްދާލައިގެން ޑޫރޯ ޖަހައިދިން ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ ވެސް ޑޫރޯ އެވެ. އެ ލަނޑު އޭނާ ޖެހީ ފްރަން ޕެރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ހާވިއާ ގުއެރާ މޮރޭނޯ ޖެހީ 54 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އޭނާ ޖެހީ ޑިފެންޑަރު ތިއެރީ ކޮރެއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އެތުލެޓިކޯގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް އެތުލެޓިކޯ އިން ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ. އަނެއް މެޗުން ބަލިވީ އެވެ. ހަތް ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ހަތް ވަނައިގަ އެވެ. އަނެއްކޮޅުން މިއީ ލީގުގައި ވެލެންސިއާ އިން ކުޅުނު ފަސް ވަނަ މެޗެވެ. ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ތިން މެޗުންނެވެ. ދެ މެޗުން ވަނީ ބަލިވެފަ އެވެ. ނުވަ ޕޮއިންޓާއެކު ވެެލެންސިއާ އޮތީ ފަސް ވަނައިގަ އެވެ.

ސްޕެނިޝް ލީގުވެލެންސިއާއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު