Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަންގެ މައްސަލަ

ޑރ. މުއިއްޒު، މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގަވާފައިވޭ، ސާބިތުކޮށްދެވޭ ވަރަށް ހެކި އެބަހުރި: މެންބަރު އަހުމަދު އީސާ

ވިޔަފާރިވެރިންނަށް މާލެއިން ބިން ދޫކުރަމުންދަނީ ވެސް ބޮޑު އަގުގައި، ރިޝްވަތަށް ފައިސާ ނެގުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 08:00
ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް ޔާމީން

ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް ޔާމީން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު, މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގަވާފައި ވާކަމަށާއި، އެކަން ސާބިތުކޮށްދެއްވޭ ވަރަށް ހެކި އެބަހުރި ކަމަށް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒުގެ ލީޑަރޝިޕެއް ނުހުންނާނެ ކަމަށާއި، ރައްޔިތުން އެދޭފަދަ ލީޑަރޝިޕެއް ހުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކަމަށެވެ. ފާއިތުވި އަހަރުތަކުން، ދެބޭފުޅުންގެ މަސައްކަތްޕުޅުތައް މިނެކިރާލެވޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. މުއިއްޒުއަށް އިޝާރާތްކުރައްވައި މެންބަރު އަހުމަދު އީސާ ވިދާޅުވީ، މާލޭގެ މަގުތަކުން ގޮޅިތައް އާއްމު ރައްޔިތުންނަށް ވިއްކަމުން ދަނީ އެއްލައްކަ ނުވަތަ ދެލައްކައިން ރުފިޔާ ނެގުމަށްފަހު ކަމަށާއި، އެފައިސާއަށް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް މާލެއިން ބިން ދޫކުރަމުން ދަނީވެސް ބޮޑު އަގުގައި ރިޝްވަތަށް ފައިސާ ނެގުމަށްފަހު ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަންކަން ސާބިތުކޮށްދެވޭވަރަށް ހެކި އެބަހުރި ކަމަށާއި، ވިޔަފާރިވެރިންގެ އޯޑިއޯތައް އެބަހުރި ކަމަށެވެ.

މެންބަރު ވިދާޅުވީ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބައެއް މެންބަރުން ޑރ. މުއިއްޒުގެ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާކުރާ ކަމަށާއި، މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވިހާވެސް މަސައްކަތަކީ ރިޝްވަތުގެ ފައިސާ ބެހުމާއި، ބައި އެޅުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އަހުމަދު އީސާ ވިދާޅުވީ މާލެސިޓީ ކައުންސިލާ ގުޅުންހުރި ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މި މައްސަލަތަކުގެ ތަހުގީގުގައި ސުވާލުކޮށްފިނަމަ ހެކި ދައްކަވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

އަހުމަދު އީސަކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު