Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ގައުމީ ޓީމު

ރުބިއާލޭސްގެ މައްސަލަ ހައިކޯޓުގައި ފަށައިފި

16 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:16

އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ޖިންސީ ގޯނާއާއި، މަޖުބޫރުކުރުމުގެ މައްސަލައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:16
ސްޕެއިންގެ މެޑްރިޑުގައި ހުންނަ ހައި ކޯޓުން ރުބިއާލޭސް ނިކުންނަނީ

ސްޕެއިންގެ މެޑްރިޑުގައި ހުންނަ ހައި ކޯޓުން ރުބިއާލޭސް ނިކުންނަނީ

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށައިފިއެވެ.

ރުބިއާލޭސްއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށާފައިވަނީ ހުކުރު ދުވަހުއެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ޖިންސީ ގޯނާއާއި، މަޖުބޫރުކުރުމުގެ މައްސަލައެކެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު، ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ރުބިއާލޭސްއާ ދެކޮޅަށް ކުރާ ދައުވާ ވަނީ ސާފުކޮށްދީފައެވެ. އެއަށްފަހު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު އަޑުއެހުންތައް ވެސް އޮންނާނެއެވެ. މައްސަލާގައި ރުބިއާލޭސްގެ ވަކީލުން ބުނެފައިވަނީ އެއީ، ގަސްތަކާނުލައި، ޖަޒުބާތީ ވަގުތު ކޮޅެއްގައި ކުރެވުނު ކަމެއް ކަމަށެވެ. ނަމަވެސް ސްޕެއިންގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި ހިމެނޭ ފޯވާޑް ޖެނީ ހާމޯސޯގެ ވަކީލުން ބުނަނީ، ރުބިއާލޭސް އެކަން ކޮށްފައިވަނީ ހާމޯސޯގެ ނުރުހުމުގައި، ގަދަކަމުން ކަމަށެވެ.

މިއަހަރު ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށްފަހު، އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރުބިއާލޭސް ވަނީ ހާމޯސޯގެ ތުންފަތަށް ބޮސްދީފައެވެ. އެއާއެކު އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރު އަދި ސަރުކާރުގެ އިސްވެރިން ވަނީ ރުބިއާލޭސްއާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި އެ މައްސަލަ އެންމެ ފުރިހަމައަށް ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ. އެ މައްސަލާގައި މަގާމުން އިސްތިއުފާ ދިނުމަށް އެންމެ ފުރަތަމަ ރުބިއާލޭސް ދެކޮޅުހެދިއެވެ. އެއާއެކު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ. އެއަށްފަހު ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގުން ވަނީ ވަގުތޫ ރައީސަކާ ހަވާލުކޮށްފައެވެ.

ރުބިއާލޭސްއާ ދެކޮޅަށް ސްޕެއިންގައި މުޒާހަރާތައްވެސް ފެށިއެވެ. އެއާއެކު ޕްރެޝަރު ބޮޑުވެ, ފަހުން ރުބިއާލޭސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ނަމަވެސް، ރުބިއާލޭސް ވަނީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން އޭނާގެ އަމަލު ދިފާއުކޮށްފައެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ރުބިއާލޭސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
29 ޖެނުއަރީ 2025

ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި

29 ޖެނުއަރީ 2025
ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި
19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
29 އޮކްޓޯބަރު 2024

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ

29 އޮކްޓޯބަރު 2024
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
09 އޮކްޓޯބަރު 2024

ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި

09 އޮކްޓޯބަރު 2024
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް