Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެއިން ޤައުމީ ޓީމު

ސްޕެއިންގެ ކޯޗު ފުއެންޓޭ އެއްބަސްވުން އައު ކޮށްފި

މިހާރު ސްޕެއިން އާއެކު ފުއެންޓޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 04:30
ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ ލުއިސް ޑި ލާ ފުއެންޓޭ، އެ ޓީމާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 63 އަހަރުގެ ފުއެންޓޭ ސްޕެއިންގެ ޤައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަގާމަށް ފުއެންޓޭ ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ލުއިސް އެންރީކޭ މަގާމުން ވަކިވުމުންނެވެ. ސްޕެއިންގެ ކޯޗުކަމުން އެންރީކޭ ވަކިވީ އެ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު އެވެ.

އޭގެ ފަހުން 2024 ވަަނަ އަހަރު ފުއެންޓޭ ވަނީ ސްޕެެއިންގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އޮންނަ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ނަމަވެސް ސްޕެއިނުން ވަނީ ފުއެންޓޭގެ އެއްބަަސްވުން ދެ އަހަރަށް އިތުރު ކޮށްފަ އެވެ. އެހެންކަމުން މިހާރު ސްޕެއިން އާއެކު ފުއެންޓޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށެވެ.

ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އިން ވަނީ މިހާތަނަށް 28 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 23 މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އިން ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އޭނާ ހަވާލުވީ ފަހުން މިހާތަނަށް ސްޕެއިން އިން ވަނީ ޔުއެފާ ނޭޝަންސް ލީގު އަދި ޔޫރޯ ފުޓުބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

ސްޕެއިންގެ ސީނިއާ ޓީމާ ހަވާލުވުމުގެ ކުރިން ފުއެންޓޭ މަސައްކަތް ކޮށްފައި ވަނީ ސްޕެއިންގެ ޒުވާން އުމުރުފުރައިގެ ޤައުމީ ޓީމުގަ އެވެ. އެ ޓީމުގައި ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ޑެ ލާ ފުއެންޓޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު