Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް ރިޔާދު ބަލިކޮށް، އަލް ހިލާލް އެއްވަނައަށް

މޮޅާއެކު އަލް ހިލާލް އެއްވަނާގައި އޮތީ، ކުޅުނު ހަ މެޗުން 16 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 04:41
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ރިޔާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަލް ރިޔާދާ ދެކޮޅަށް އަލް ހިލާލް ނިކުތްއިރު، އެއްވަނާގައި އޮތީ އަލް އިއްތިހާދެވެ. އެއީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަހަމަކޮށް އެއްވަނައަށް އަރަން ލިބުނު ފުރުސަތުގައި އަލް ހިލާލުން ވަނީ 6-1ން އަލް ރިޔާދު ބަލިކޮށްފައެވެ.

މެޗުގައި އަލް ހިލާލުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެލެކްސެންޑާ މިޓްރޮވިޗް ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ހިލާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ޔާސިރު އަލް ޝަހްރާނީއެވެ. އަލް ހިލާލުން އެ ޓީމުގެ އަނެއް ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި އަލް ހިލާލްގެ ތިންވަނަ ލަނޑު ޖެހީ ނާސިރު އަލް ދައުސަރީއެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ޖެހީ މެލްކޮމްއެވެ. އަލް ހިލާލްގެ ފަހު ދެ ލަނޑު ޖެހީ ސަލީމް އަލް ދައުސަރީއެވެ. އެއީ މެޗުގެ 87 ވަނަ މިނެޓާއި ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ލަނޑުތަކެވެ. ދައުސަރީގެ ފަހު ލަނޑަކީ އަލް ހިލާލަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި އަލް ރިޔާދުގެ ހަމައެކަނި ލަނޑު ޖެހީ އަލީ އަލްޒަގާންއެވެ.

މި މެޗުގައި ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ނޭމާ ޖޫނިއާ ކުޅެން އަރުވާފައެވެ. މިއީ އަލް ހިލާލަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ. ނޭމާ މުޅިން އެއްކޮށް ފިޓުނުވާތީ، މި މެޗުގައި އޭނާއަށް ފުރުސަތު ދިނީ ބެންޗުންނެވެ.

މޮޅާއެކު އަލް ހިލާލް އެއްވަނާގައި އޮތީ، ކުޅުނު ހަ މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެވަނާގައި އޮތް އަލް އިއްތިހާދަށް ލިބެނީ 15 ޕޮއިންޓެވެ.

ސައުދީ ޕްރޯ ލީގުއަލް ހިލާލް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު