Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް

ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް: ހަބީބު

ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 12:06
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު

ހުރިހާ ރައްޔިތުން ވެސް އެ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖްގައި ހަބީބު ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބާރު ކަމަށާއި، ދިވެހިރާއްޖޭގެ އައު ގާނޫނު އަސާސީން ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ކަށަވަރުކުރެވިފައިވާއިރު، އައު ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ތިން ބާރު ވަކިކޮށްދީފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއީ ސަރުކާރު ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރާއި، އަދި ހަމައެއާއެކު ގާނޫނު ހެދުމުގެ ބާރު ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ އިންތިޚާބުތަކުގައި ބައިވެރިވުމާއި އިންތިޚާބުތަކުގައި ވޯޓު ދިނުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއް ކަމަށެވެ. އެގޮތުން ހުރިހާ ރައްޔިތުން ވެސް އެ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ރައްޔިތުންލާ ވޯޓަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އެއްވެސް ޖެހިލުމެއްނެތި، ބިރެއް، ނުފޫޒެއް ނެތިލާ ވޯޓަކަށް ހަދަންޖެހޭ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ޝިއާރު ''ވިސްނުން23'' އަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ ވޯޓުދޭއިރު ވަރަށް ވިސްނަންޖެހޭ ކަމަށެވެ. އެ ވޯޓަކީ ކުރިއަށް އޮތް 5 އަހަރު ގައުމު ހިންގުމަށް ވެރިއަކު އިހުތިޔާރު ކުރުމަށް ދެވޭ ބާރެއްގެ ވޯޓު ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ރައްޔިތުން ނިންމި ގޮތަށް ނަތީޖާ ލިބޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި އެ ހައްގު ކަށަވަރު ކުރުމަކީ ރައްޔިތުންގެ ކަމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

އިސްމާއީލް ހަބީބުއިލެކްޝަންސް ކޮމިޝަންޑިމޮކްރަސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު