Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޓީބީ ޗައިނާ

ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް އެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި ބައިވެރިވެއްޖެ

05 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ޗައިނާއިން ޖުމްލަ 123,824 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:34
އެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި ބައިވެރިވަނީ

އެމްއެމްޕީއާރުސީން އައިޓީބީ ޗައިނާގައި ބައިވެރިވަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސ/ީ ވިޒިޓް މޯލްޑިވްސް) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު އައިޓީބީ ޗައިނާ 2023ގައި ބައިވެރިވެއްޖެއެވެ.

މި މުހިންމު އިވެންޓަކީ ކޮވިޑް-19ށް ފަހު ޗައިނާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އިންޑަސްޓްރީގެ ފިޒިކަލް އިވެންޓެވެ. އައިޓީބީ ޗައިނާ 2023 ހިނގަމުންދަނީ 12ން 14 ސެޕްޓެމްބަރ 2023ށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރު ޝަންހާއީގައެވެ. އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބ2ީބީ ޓްރޭޑް ޝޯއެވެ. މި ފެއަރއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޑަސްޓްރީގެ ގިނަ ތަޖުރިބާކާރުން ބައިވެރިވާ ފެއަރއެކެވެ. އަދި މިފެއަރގައި މުހިންމު ސޯސް މާކެޓްތަކުގެ އޭޖެންޓުންނާއި ބަޔަރސް ގުޅުން ބަދަހިކުރުމަށް ތަފާތު ނެޓްވޯކިންގ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

Advertisement - newsAdvertisement

މި ފެއަރގައި ވިޒިޓް މޯލްޑިވްސް ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ތަމްސީލުކޮށްދޭ ގޮތަށެވެ. ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޓްރެވަލް ޓްރޭޑާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތާއ،ި ދިވެހި ކެލިގްރަފީ ބުކްމާކް ހެދުމުގެ ފުރުސަތާއ،ި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ބެކްޑްރޮޕެއްގައި ލިބާހާއި ފޭލި އަނދެގެން ފޮޓޯ ނެގުމުގެ ފުރުސަތުތައް ހިމެނެއެވެ. މިފެއަރގައި އެމްއެމްޕީއާރުސީއިން ވިޒިޓް މޯލްޑިވްސްގެ ވީބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ ހެންޑްލްތައް މެދުވެރިކޮށް ޗައިނާ މާކެޓް ގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް، މި ފުރުސަތުގައި މި ޗެނަލްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރެވޭނެއެވެ.

އަދި ވިޒިޓް މޯލްޑިވްސް އާއި އިންޑަސްޓްރީ ޕާޓްނަރުންނާ ބެހޭ މައުލޫމާތު ހިމެނޭ ޕްރެސް ޕެކްތަކާއި ޕްރޮމޯޝަނަލް މެޓީރިއަލްސް މެދުވެރިކޮށް ދިވެހިރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދީ، ފެއަރގެ ފަހު ދުވަހު ރެފްލްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިރާރަތްކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ދެ ފަރާތަކަށް ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެ މި 2 ރެފްލް ސްޕޮންސަރ ކޮށްފައިވަނީ ސްޓޭންޑަޑް، ހުރަވަޅި މޯލްޑިވްސް އަދި ކިހާ މޯލްޑިވްސް އިންނެވެ.

އެމްއެމްޕީއާރުސީއަކީ މި އިވެންޓުގެ އައިލެންޑް ޓްރެވަލް ޕާޓްނަރުކަމަށްވުމާއެކު، އައިޓީބީ ޗައިނާ 2023 ގައި އިންތިޒާމް ކުރެވޭ 100 އޭޖެންޓުންގެ އެކްސްކްލޫސިވް ނެޓްވޯކިން ލަންޗަން ހޯސްޓްކޮށް ހާއްސަ ފުރުސަތެއް ލިބެއެވެ. މި ހަރަކާތުގައި ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރާނެއެވެ. އަދި މީގެ އިތުރުން 80 ފަރާތަކުން ބައިވެރިވާ 'ޕްރެޒެންޓޭޝަން ހަބް' ގައި އެމްއެމްޕީއާރުސީގެ ފަރާތުން ޕްރެސެންޓެޝަންމެދުވެރިކޮށް ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރެވިގެންދާނެއެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓެވެ. ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދުކުރުމުގެ ސަބަބުން 3 އަހަރުގެ މެދުކެނޑުމަކަށްފަހު، ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް 18 ޖަނަވަރީ 2023ގައި ވަނީ ފަށާފައެވެ. އެމްއެމްޕީއާރުސީއިން ވަނީ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްވަރު ވެސް މާކެޓިންގެ އެކި ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ޗައިނާގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާފައެވެ. 05 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ޗައިނާއިން ޖުމްލަ 123,824 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން ޗައިނާއަކީ މިހާރު ދިވެހިރާއްޖެއަށް ތިންވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އައިޓީބީއައިޓީބީ ޗައިނާއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު