Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ފްލިކް ވަކިކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުން ފްރާންސް ބަލިކޮށްފި

މި މެޗުގައި ޖަރުމަނަށް އިރުޝާދު ދީފައި ވަނީ އެ ޓީމުގެ ޑައިރެކްޓަރު ރޫޑީ ވޮލާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2023 | ބުދަ 06:34
ޖަރުމަނުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މުލާ އުފާ ފާޅުކުރަނީ

ޖަރުމަނުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މުލާ އުފާ ފާޅުކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-1 އިންނެވެ. މިއީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހުރި ޖަރުމަނުގެ ހަންސީ ފްލިކް ވަކި ކުރުމަށްފަހު ޖަރުމަނުން ކުޅުނު ފުރަތަމަ މެޗެވެ. ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކި ކުރީ، ޖަޕާނާ ދެކޮޅަށް ކުޅެ، ލިބުނު ލަދުވެތި ނަތީޖާއާ އެކު އެވެ. މި މެޗުގައި ޖަރުމަނަށް އިރުޝާދު ދީފައި ވަނީ އެ ޓީމުގެ ޑައިރެކްޓަރު ރޫޑީ ވޮލާ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޖަރުމަނުންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ތޯމަސް މުލާ އެވެ. އޭނާ އެ ލަނޑު ޖެހީ ބެންޖަމިން ހެންރިޗްސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޖަރުމަނުގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ. މެޗުގައި ފްރާންސްގެ ހަމެއެކަނި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެންޓޮއިން ގްރީޒްމަން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ޖަރުމަނުން އަންނަނީ އައު ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އެ ޤައުމުގައި ބާއްވާއިރު، ޖަރުމަނުން އަންނަނީ އެ މުބާާރާތަށް ވަރަށް ބޮޑަަށް ތައްޔާރުވަމުންނެވެ.

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުފްރާންސް ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު