Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޭރެންސީ މޯލްޑިވްސް

ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިކުރަނީ ބޭނުން އިރަކުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 11:47
ޓްރާންސްޕޭރެންސީ ޕްރެސް ކޮންފަރެންސް

ޓްރާންސްޕޭރެންސީ ޕްރެސް ކޮންފަރެންސް

ސިޔާސީ މަސްރަހުގައި ކޮރަޕްޝަނުގެ ވާހަކަ ދެކެވެމުންދަނީ ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް ކަމަށާއި ސިޔާސީ ޓޫލްއެއްގެ ގޮތުގައި ކޮރަޕްޝަނުގެ ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ނުލިބޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވީ، ސިޔާސީ މަސްރަހުގައި މިއަދު ކަންކަން ވަމުންދާ ގޮތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮރަޕްޝަން ނައްތާލުމަށް އަމާޒުކޮށް މަޝްވަރާކުރުމެއް ނޫން ކަމަށެވެ. ކުރު މުއްދަތެއްގެ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮރަޕްޝަނުގެ މާނަ އޮޅޭ ގޮތަށް ކަންކަން ވަމުންދާތީ ކަން ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު މުޖުތަމައުގައި ކޮރަޕްޝަނަކީ، ވަރަށް އާދައިގެ ކަމެއް ކަަމަށް ދައްކުވާތީ، އެއީ އެހާ ބޮޑު މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދެކެވިގެންދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

"ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކާއި ކުރުމުއްދަތުގައި ދެކެވޭ ނުވަތަ ވަކި ކަމެއް މިވަގުތު ހާސިލް ކުރުމަށް ބޭނުންވާ ވަކި ކަމެއް އޮތަތީވެ، އެކޮރަޕްޝަން ހުއްޓުވުމަށް އެވާހަކަދައްކާ، ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކުރުމުގެ ވާހަކަ ދެކެވޭތަންވެސް އެބަ ފެނޭ." ތޮލާލް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންޕަރެންސްގައި ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އެގްޒެކެޓިވް ޑިރެކްޓަރ މަރިޔަމް ޝިއުނާ ވިދާޅުވީ، ރާއްޖޭގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލާ ތަހުގީގުކޮށް އެކަންކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް، ކޮރަޕްޝަން ނައްތާލުމަށް، ޕްލޭންތައް ހެދިނަމަވެސް، އަމަލީ ގޮތުން ކަންކަން ކުރެވެމުންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ދައުލަތުގެ މުއައްސަސާތައް ބަލިކަށިވުމަކީވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ލިބޭ ހިތްވަރެއް ކަމަށް ޝިއުނާ ވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާތައް ބަލިކަށިވެ، އެ މުއައްސަސާތައް، މިނިވަންކަމާ އެކު މަސައްކަތް ނުކުރެވި، އެކަށޭނަ ފިޔަވަޅުއެޅުމުގައި ހަރުދަނާކަން ކުޑަވެފައިވާކަން އޭނާ ފާހަަގަކުރެއްވި އެވެ.

މުއައްސަސާތަކުގެ ކުރަންޖެހޭ މަސައްކަތް ނުކުރެވި، އެކަންކަމާމެދު ފިޔަވަޅުއެޅުމުގައި ހަރުދަނާކަން ކުޑަވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެ މުއައްސަސާތަކުގެ ވެރިންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ރައްޔިތުންގެ ކުރިމަތީގައި ކޮރަޕްޝަނުގެ އަމަލިތަކުގެ ވާހަކަދެކެވޭ އިރު މިކަންކަން ހުއްޓުވުމަށް އެޅިފަ ހުރީ ކޮންފިޔަވަޅުތަކެއްތޯ. އަދި ކާކުގެ ފައިސާތޯ ސިޔާސީ ވެރިންގެ ތެރޭގައި ބެހެނީ. މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ވަކި މުއައްސަސާއެއްގެ ޒިންމާއެއް ނޫން. ހުރިހާ މުއައްސަސާއަކަށް ކުރެވޭނެ ކަމެއްވެސް ނޫން." ޝިއުނާ ވިދާޅުވި އެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕްރޮގްރާމު މެނޭޖަރ ތޯރިގް ހާމިދު ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރުމުގައި ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލަކަށް އަރައިނުގަނެ މަސައްކަތް ކުރާކަން، ކަށަވަރުކުރުމަށްޓަކާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން އާންމު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާންޖެހޭ ކަމަށެވެ. ސިޔާސީ ފަރާތްތަކާއި ދައުލަތުގެ ވެރިން މާލީ ބަޔާންތައް ހުށަހަޅާއި އާންމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަރާތްތަކުގެ މަސްލަހަތުތައް ދެނެގަނެ ނުހައްގުން ހޯދޭ މުއްސަނދި ކަމަށް ހުރަސް އަޅަންޖެހޭ ކަމަށް ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން، ނުހައްގުން ހޯދޭ މުއްސަނދިކަމަކީ މިއަދު ރާއްޖޭގެ ގާނޫނުތަކުން މަނާކުރާ ކަމެއް ކަމުގައިނުވާ އިރު އެކަން ޖިނާއީ ކުށަކަށް ހަދަން ޖެހޭ ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.

" ސިޔާސީ ފަރާތްތަކުން، ކެމްޕެއިން ފައިސާ ހޯދަނީ ކިހިނެތްތޯ، އެލިބޭ ފައިސާ ބޭނުންކުރަނީ، ކިހިއްނެއްތޯ ބަލަންޖެހޭ. ސިޔާސީ ނިޒާމުން ކޮރަޕްޝަން ނައްތާލުމަށްޓަކާ މިއީ ކޮންމެހެން އެނގެންޖެހޭނެ މައުލޫމާތުތަކެއް." ތޯރިގް ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް ވަނީ އިން ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތަކީ ކުރު މުއްދަތުގެ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ދެކެވޭ ބަހަނާއަކަށް ނުހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރަށް ފުލުުހުންގެ މުއައްސަސާއަށާއި މިނިވަން މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.

ކޮރަޕްޝަން އިތުރުވުމުގެ ސަބަބުން، ގެއްލިގެންދަނީ ދައުލަތުގެ ރައްޔިތުންގެ ލާބައާ މަންފާއަށް ހޭދަކުރުމަށް ހުރި ފައިސާކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާކަން ޓްރާންސްޕޭރެންސީ އިން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު