Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޖަރުމަނުގެ ގައުމީ ޓީމަށް ތިން ކޯޗަކު ޝޯޓްލިސްޓްކޮށްފި

ފެޑަރޭޝަނުގެ ވިސްނުން އެންމެ ބޮޑަށް ހުރީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 13 ސެޕްޓެމްބަރު 2023 | ބުދަ 04:59
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވުމަށް ތިން ކޯޗަކު ޝޯޓް ލިސްޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ ފެޑަރޭޝަނުގެ ވިސްނުން އެންމެ ބޮޑަށް ހުރީ ލިވަޕޫލްގެ ޖަރުމަނު ކޯޗު ޔާގެން ކްލޮޕް އަށެވެ. ނަމަވެސް ގައުމީ ޓީމަށް ކޯޗުކޮށްދޭން ކްލޮޕްގެ ވިސްނުން މިވަގުތު ނެތުމާ ގުޅިގެން އެހެން ތިން ކޯޗަކަށް ވިސްނަން ފެށީ އެވެ.

އެ ތިން ކޯޗުންނަކީ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަން އާއި ނެދަލޭންޑްސްގެ ކުރީގެ ކޯޗު ލުއިސް ވެންހާލް އާއި ޖަރުމަނުގެ މިހާރުގެ އެސިސްޓެންޓް ކޯޗު އަދި ކުރީގެ ފޯވަޑް މިރޮސްލާވް ކްލޯސާ އެވެ.

މީގެ ތެރެއިން ޖަރުމަނު ފެޑަރޭޝަނުގެ އެއްވަނަ ހޮވުމަކީ ޒުވާން ކޯޗު ނާގެލްސްމަން އެވެ. ލައިޕްޒިގްގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ބަޔާން މިއުނިކުން އޭނާ މަގާމުން ވަކިކުރީ އެންމެ ދޮޅު އަހަރަށްފަހު އެވެ. ނަމަވެސް ނާގެލްސްމަން އަދިވެސް ހުރީ ބަޔާންގެ ކޮންޓްރެކްޓްގަ އެވެ. ގައުމީ ޓީމަށް އޭނާ ރިލީޒް ކުރާނަމަ ޖަރުމަނު ފެޑަރޭޝަނުން ބަޔާން އަށް 10 ނުވަތަ 12 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައިދޭންޖެހޭނެ އެވެ.

ކްލޯސާ އަކީ އެންމެން ފަހުން ޖަރުމަނުގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ދެ ކޯޗުންގެ ވެސް އެސިސްޓެންޓް ކޯޗެވެ. މިހެންވެ އޭނާ އަށް ގައުމީ ޓީމު ގެންގުޅެވިދާނެ ކަމުގެ ވިސްނުންތަކެއް ވެސް އެބަހުއްޓެވެ. އެކަމަކު ފްރާންސް އަތުން ރޭ މޮޅުވި މެޗުގައި ވަގުތީ ކޯޗުކަން އޭނާ އަށް ނުދިނުމުން ކްލޯސާ ހެޑްކޯޗުގެ މަގާމަށް ނުގެންނާނެ ކަމަށް ބެލެވެ އެވެ.

ލުއިސް ވެންހާލް އަކީ ތަޖުރިބާކާރު ކޯޗެކެވެ. ބަޔާން އާއި ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް އަދި ނެދަލޭންޑްސްގެ ގައުމީ ޓީމަށް ވެސް އޭނާ ތިން ފަހަރަކު ކޯޗުކޮށްދިނެވެ. ގައުމީ ޓީމަކަށް ކޯޗުކޮށްދޭން އޭނާގެ ޝައުގު ހުއްޓަސް އެކަމަށް ހުރަސް އަޅަނީ އޭނާގެ ސިއްހީ ހާލަތެވެ.

ޖަރުމަނުގެ ގައުމީ ޓީމުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
07 ޖުލައި 2024

ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!

07 ޖުލައި 2024
ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!
05 ޖުލައި 2024

ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ: ނާގަލްސްމަން

05 ޖުލައި 2024
ޖަރުމަނު ބަލި ކުރަން އުނދަގޫ ވާނެ: ނާގަލްސްމަން
25 ޖޫން 2024

ސްވިޒަލެންޑު ވަރުގަދަ، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު: ނާގަލްސްމަން

25 ޖޫން 2024
ސްވިޒަލެންޑު ވަރުގަދަ، ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު: ނާގަލްސްމަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު