Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރު ސިފައިން

އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވީ ބޭރު ސިފައިން ނެތްކަމުގެ ފުރިހަމަ ޔަގީންކަން

އަސްކަރީ އުޅަނދުތަކަކީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2023 | އަންގާރަ 13:43
 ރައީސް ޞާލިހާއި ޑިފެންސްމިނިސްޓަރ މާރިޔާ އަދި އިސް ބައެއް އޮފިސަރުން

ރައީސް ޞާލިހާއި ޑިފެންސްމިނިސްޓަރ މާރިޔާ އަދި އިސް ބައެއް އޮފިސަރުން

ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެފައި ނެތްކަމަށާއި، މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަން އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވައިފިއެވެ.

މިކަމާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރުގެ ހާރިޖީ އަދި ދިފާއި ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިފައިން ތަފާތު އެކި އަސްކަރީ ހަރަކާތްތައް ހިންގާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ދިވެހި ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތާއި މިނިވަންކަން ނެގެހެއްޓުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެއީ މައިގަނޑު މިޝަން ކަމަށާއި، ދިވެހި ސިފައިން އެގޮތުގައި ތިބޭނެ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލާއި ސިޔާސަދަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ހިނގާނަމަ އެކަމާއި ދެކޮޅަށް ސިފައިން ތެދުވާނެ ކަމަށެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފް ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާތަކާއެކު ރާއްޖޭގެ އަސްކަރިއްޔާއިން އަބަދުވެސް އެކިއެކި އޮޕަރޭޝަންތަކާއި ޓްރެއިނިންތައް ކުރިއަށް ގެންދަވާކަމަށެވެ. އަދި މިވަގުތުވެސް ރައްޖޭގައި އަސްކަރީ ދައުރެއް އަދާކުރުމަށް ބޭރުގެ އެއްވެސް މީހަކު ނެތްކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.

އަސްކަރިއްޔާގެ ސިފައިން ތަމްރީން ކުރުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި މޭޖަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވީ، ރާއްޖޭގައި ދިވެހި އަސްކަރިއްޔާއަށް ތަމްރީން ދިނުމަށް ގިނަ މަރުކަޒުތަކެއް އެބަހުރިކަމަށެވެ. އަދި ސިފައިން ތަމްރީންކުރުމަށްޓަކައި އެއްވެސް މަރުކަޒެއްގައި ބޭރު އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ގާއިމްވެ ނެތްކަމަށެވެ. ދިވެހި ސިފައިން ތަމްރީން ކުރަނީ ގާބިލް ދިވެހި އިންސްޓްރަކްޓަރުން ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޮމަޑާންޓް ސާރވިސްކޯރ މޭޖަރ ޖެނެރަލް ޙާމިދު ޝަފީގް ވިދާޅުވީ ލޮޖިސްޓިކް ދާއިރާއިންވެސް ބޭރުގެ އަސްކަރިއްޔާތަކާއެކު ވަރަށް ގިނަ ތަމްރީންތައް ކުރިއަށް ގެންދަވާކަމަށެވެ. އަދި އެއްވެސް އަސްކަރީ އުޅަނދެއްގަ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުތިބޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ކޯސްޓްގާޑުގެ ކޮމަޑާންޓް އިބްރާހީމް ހިލްމީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ އިސްތިގުލާލަށް ނުރައްކާވާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދިވެހި އަސްކަރިއްޔާއިން ނުދެއްވާނެކަމަށެވެ. ރާއްޖޭގައި ހުރި އިންޑިއާގެ އެހީގައި ދީފައިވާ އުޅަނދުތަކާއި ގުޅޭގޮތުން ހިލްމީ ވިދާޅުވީ ވައިގެ އުޅަނދުފަހަރުގެ މައިގަނޑު ދައުރަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގަ އުޅަނދުފަހަރު ހޯދައި މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ. އެ ހުރިހާ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ދިވެހި އަސްކަރިއްޔާގައި އޮތްކަމުގެ ޔަޤީންކަންވެސް ޙިލްމީ ދެއްވިއެވެ.

ސިފައިންގެ މެޑިކަލްކޯގެ އެންމެ އިސްވެރިޔާ، ބްރިގޭޑިއަރ ޖެނެރަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ، ސެޕްޓެމްބަރ 2012ން ފެށިގެން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ދިވެހި އަސްކަރިއްޔާގެ ބެލުމުގެމަތިން އިންޑިއާގެ ސިފައިންގެ ސިއްޙީ ދާއިރާގެ ބޭފުޅުން މަސައްކަތްކުރަމުން ގެންދާކަމަށާއި، އެމީހުންގެ ހަމައެކަނި މަސައްކަތަކީ މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލިމީހުން ބެލުން ކަމަށެވެ. އަދި މިމީހުން މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދުގެ މަތިން ރަޖިސްޓްރީކުރަންޖެހޭ ތަންތަނުގަ ރަޖިސްޓްރީވެގެން ކަމަށެވެ.

މާލެ އޭރިއާގެ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޤިޔާސް ވިދާޅުވީ، މާލެ އޭރިއާގެ ކޮމާންޑުގައި ބޭރުގެ އެއްވެސް އަސްކަރިއްޔާގެ އެއްވެސް ސިފައިގެ މީހަކު އަސްކަރީ މަސައްކަތް ނުކުރާނެ ކަމަށެވެ.

ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު އޮޕަރޭޝަނަލް އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށެވެ. އަދި މިނިވަންކަމާ އިސްތިޤްލާލާ ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ހިނގާނަމަ ދިވެހި ސިފައިން އެކަމަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

ޑައިރެކްޓަރ ޖެނެރަލް ޑިފެންސް އިންޓެލިޖަންސް ސާރވިސްގެ ވެރިޔާ ޢަބްދުﷲ ޒުހުރީ ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި އަސްކަރީ ބޭނުމެއްގައި ސިފައިން ނެތްކަމާއި އެފަދަ މަސައްކަތެއް ނުކުރާކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ނެތް ކަމަށެވެ. އަދި ބޭރުގެ އަސްކަރިއްޔާތަކާއި ގުޅިގެން އެކިއެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނެތް ކަމަށެވެ.

އެމްއެންޑީއެފް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު