Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންނާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުން

އެއްވެސް މަޤުޞަދެއްގައި ސިފައިންގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ހަގީގަތާއި ޚިލާފު ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި

11 ސެޕްޓެމްބަރު 2023 | ހޯމަ 13:26

މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދިފާޢުކޮށް ރައްކާތެރިކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް އެމްއެންޑީއެފުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2023 | ހޯމަ 13:26
ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން

ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވުން

ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބެހޭގޮތުން "ދިޔަރެސް ނޫހު" ގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު ޚަބަރެއްކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

ދިޔަރެސް ނޫހުގައި "ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ" މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ސިފައިން އަބަދުވެސް ތިބޭނީ ޤާނޫނާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް ޢަމަލުކުރާ ބައެއްގެ ގޮތުގައިކަމަށެވެ.

Advertisement - newsAdvertisement

އަދި މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދިފާޢުކޮށް ރައްކާތެރިކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށާއި މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާފަދަ އެއްވެސްކަމެއް ކުުރުމުގެ ފުރުޞަތު ސިފައިން ނުދޭނެކަމުގެ ޔަޤީންކަންވެސް އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވީމާ، އެއްވެސް މަޤުޞަދެއްގައި ސިފައިންގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދިޔަރެސް ނޫހުން ހޯމަ ދުވަހު އެމްއެންޑީއެފްގެ މީޑިޔާ ގްރޫޕްގައި ވަނީ އެމްއެންޑީއެފުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން އިވެންޓެއް ބާއްވަންއުޅޭކަމުގެ މައުލޫމާތު ލިބޭކަމަށާއި އިވެންޓް އޮތީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ . އެސުވާލުގެ ޖަވާބުގައި އެމްއެންޑީއެފްގެ މީޑިޔާއިން ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި އެމްއެންޑީއެފުން އެފަދަ އެއްވެސް އިވެންޓެއް ނުބާއްވާނެކަމަށެވެ. ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެތޯ ދިޔަރެސް ނޫހުން ސުވާލުކުރުމުން އެމްއެންޑީއެފުގެ މީޑިޔާ އޮފިޝަލު ވަނީ އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ނުބާއްވާނެކަމަށް ވިދާޅުވެފައެވެ. އެފަދަ ބައްދަލުވުމެއް ބާއްވަން އުޅުނުތޯ ކުރެވުނު ސުވާލަށް މީޑިޔާ އޮފިޝަލު ވަނީ އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނޫޅޭކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދިޔަރެސް ނޫހުގައި އެކި ފަހަރު މަތިން ވަނީ ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ހޯމަ ދުވަހު އެމްއެންޑީއެފުން ބާއްވަން އުޅޭކަމަށާއި އެކަމާއި ބައެއް އޮފިސަރުން ދެކޮޅު ހައްދަވާކަމަށް ބުނެ ޚަބަރުތައް ޝާއިއުކޮށްފައެވެ.

ބޭރުގެ ސިފައިންނާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ނުކުންނަވާއިރު މިކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ހޯމަ ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގައި ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ ފޯނު އިންޓަވިޔުއެއްގައި ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ސާރުކާރާއި ދެކޮޅަށް ވަރަށް ގިނަ ދޮގު ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ ސިފައިންނާއި ގުޅުވައި ދައްކާ ވާހަކަތަކާއި، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ ފަތުރާފައިހުރި ވާހަކަތައް ދައްކާފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ގޮތަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި، އެކަންކަން ރައްޔިތުންނަށް މިފަހަރުގެ ކެންޕޭން ތެރޭގައި އޮޅުންފިލުއްވައިދެއްވާނެ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަތަކާއެކު ރައްޔިތުން ތިބީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އެކަންކަން ރައްޔިތުންނަށް އޮޅުންފިލާވަރަށް ހާމަކޮށްދެއްވާނެ ކަމަށާއި، އެކަންކަން ކިޔާދިނުމުން ރައްޔިތުންނަށް ވިސްނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް