Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް ކޮށްފި

މި ކޭމްޕް ކުރިއަށް ގެންދަނީ މިމަހުގެ 10ން 12 އަށް

އަމްނާ އިމާދު
އަމްނާ އިމާދު | 11 ސެޕްޓެމްބަރު 2023 | ހޯމަ 07:53
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ކުރިއަށް ދަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ކުރިއަށް ދަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް ކޮށްފިއެވެ.

އެހޮސްޕިޓަލުން ބުނީ ލެޕްރޮސްކޯޕިކް ސާޖަރީއާއި އެޑްވާންސް ވުންޑްކެއަރ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ގޮތުން އާދިއްތަ ދުވަހު ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަން ކުރެވުނު ކަމަށެވެ. މިއީ މިފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ތަޖުރިބާކާރު ލެޕްރޮސްކޯޕިކް ސާރޖަން، ހެޑް އޮފް ޖެނެރަލް ސާރޖަރީ ޑިޕާރޓްމެންޓް، ސީނިޔަރ ކޮންސަލްޓަންޓް ސާރޖަރީ، ޑރ. އަބްދުﷲ ޢުބައިދު އިސްކޮށް ހުންނަވައިން ގެންދެވޭ ސާޖަރީ އައުޓްރީޗް ޕްރޮގްރާމްގައި، އައި.ޖީ.އެމް.އެޗް ގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ އަދި ހެޑް އޮފް ސާރޖަރީ ޑިޕާރޓްމެންޓް، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް، ޑރ. މުޙައްމަދު ވަހީދު ގެ އިތުރުން އައިޖީއެމްއެޗު އަދި ކޭ.އާރު.އެޗު ގެ ޑަކްޓަރުންނާއި ނަރުހުން ބައިވެރިވެޑައިގެންނެވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ ލެޕްރޮސްކޯޕިކް ކޭމްޕް ފެށުމުގެ ކުރިން، އައިޖީއެމްއެޗުގެ ޓީމުގެ ފަރާތުން ހޮސްޕިޓަލުގެ ޓީމާއިއެކު މުހިންމު ބްރީފިންގ ސެޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދަނީ މިމަހުގެ 10ން 12 އަށް ކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ދަނީ އައު ޚިދުމަތްތައް ތައާރަފް ކުރަމުންނެވެ. މާލެއަށް އަންނަން ނުޖެހި ހޮސްޕިޓަލްތަކުން ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ވެސް ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
20 އެޕްރީލު 2025

ނެއްލައިދޫގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން މައްސަލަ ބަލަނީ

20 އެޕްރީލު 2025
ނެއްލައިދޫގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން މައްސަލަ ބަލަނީ
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު