Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ފުޓުބޯޅަ ފެޑެރޭޝަން

އެންމެ ފަހުން ރުބިއާލޭސް އިސްތިއުފާ ދެއްވައިފި

އައު ރައީސަކު އިންތިޚާބު ކުރުމާ ހަމައަށް، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގާނީ ވަގުތީ ރައީސްގެ ބެލުމުގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2023 | ހޯމަ 02:29
ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ހުންނެވި ލުއިސް ރުބިއާލޭސް

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސަކަށް ހުންނެވި ލުއިސް ރުބިއާލޭސް

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ގިނަ ބަޔަކު އޭނާގެ އިސްތިއުފާ އަށް ގޮވާލަމުން ދިޔަ ވަގުތެއްގަ އެވެ. އެއީ ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތް ކާމިޔާބު ކުރި ސްޕެއިން ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިއަކަށް ބޮސްދިން މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އޭނާ ސަސްޕެންޑު ވެސް ކުރި އެވެ. ރުބިއާލޭސް އިސްތިއުފާ ދެއްވާފައި ވަނީ ގިނަ ބަޔަކު އޭނާއާ ދެކޮޅަށް އަޑު އުފުލައި، ވާހަކަ ދައްކަމުންދާތާ ތިން ހަފްތާވީ ފަހުންނެވެ.

އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ރުބިއާލޭސް ވިދާޅުވީ، އޭނާގެ އިސްތިއުފާ އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ވަގުތީ ރައީސް ޕެޑްރޯ ރޯޗާ އަށް ފޮނުއްވާފައިވާނެ ކަމަށެވެ. އެހެންކަމުން އައު ރައީސަކު އިންތިޚާބު ކުރުމާ ހަމައަށް، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން ހިންގާނީ ވަގުތޫ ރައީސްގެ ބެލުމުގެ ދަށުންނެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ރުބިއާލޭސް ވަނީ އޭނާގެ އަމަލު ދިފާއުކުރައްވާ، ވަރަށް ބޮޑަށް ވާހަކަ ވެސް ދައްކަވައިފަ އެވެ. އަދި އިސްތިއުފާ ނުދެއްވާނެ ކަމަށް ވެސް ކުރިން އޭނާ ވިދާޅުވި އެވެ.

ސްޕެއިންގެ ޕްރޮސެކިއުޓަރަކު މިދިޔަ ހުކުރު ދުވަހު ވަނީ ރުބިއާލޭސްއާ ދެކޮޅަށް ޖިންސީ ގޯނާ އާއި މަޖުބޫރު ކުރުމުގެ މައްސަލައެއް އެ ޤައުމުގެ ހައިކޯޓަށް ހުށަހަޅައިފަ އެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ރުބިއާލޭސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު