Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީގެ މަސައްކަތްތައް

އާޒިމްގެ ރައްދެއް، ''ޒިންމާ އަދާކުރުމުގައި ކުރިއަށްދާނެ''

އެއްވެސް ސަބަބަކާއި ހުރެ އެމްޓީސީސީގެ އެއްވެސް މަސައްކަތެއް ހުއްޓާލަން ނުޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 11:34
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ފާޑުކިޔަމުންދާ ފަރާތްތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ކުރިއަށް ގެންދާނެތޯ ބުނެ ސުވާލު އުފައްދަމުންނެވެ. އަދި އާޒިމްއަށް އަމާޒު ކުރައްވާ ފާޑު ވެސް ކިޔާފައިވެއެވެ. މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރިއަށް ގެންދާ އިރު، މިމަޝްރޫއުތަކަކީ ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިފާޑުކިޔުންތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ޒިންމާ އަދާކުރުމުގައި ކުރިއަށްދާނެ ކަމަށެވެ. އާޒިމް ވިދާޅުވީ އެއްވެސް ސަބަބަކާއި ހުރެ އެމްޓީސީސީގެ އެއްވެސް މަސައްކަތެއް ހުއްޓާލަން ނުޖެހޭނެ ކަމަށެވެ. އެއީ ވޯޓުލާ ދުވަސްވީ ކަމުގައި ވިޔަސް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ބަސް އަދި ފެރީ ދަތުރުތައް ވެސް ކުރިއަށްދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޓީސީސީ އާ ހަވާލުކުރާ ޕްރޮޖެކްޓްތައް އަވަހަށް ގަޑިއަށް ނިންމަން ހުރިހާ ރައްޔިތުން އެދޭ ކަމަށެވެ.

ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ މިއީ ކުރީގައި ބޭރުގެ ކުންފުނިތަކުން ހިންގަމުން ދިޔަ މަޝްރޫއުތައް ކަމަށެވެ. މިފަދަ މަޝްރޫއުތައް އެމްޓީސީސީން ހިންގަން ފެށުމުން 150 އާއި 200 މިލިއަން އެމެރިކާ ޑޮލަރު ދެމެދުގެ އަދަދަކަށް ފައިސާ ރާއްޖޭގައި ހިފެހެއްޓިފައިވާ ކަމަށެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިގްތިސާދީ ސިޔާސަތުގެ ހަރުދަނާކަން ހާމަކޮށްދޭ ހަގީގަތެއް ކަމަށް އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނދަރުތައް ހެދުމާއި، ނެރު ފުންކުރުމާއި، ބައެއް ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، ބިން ހިއްކުމާއި، އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. އާރްޓީއެލްގެ ފެރީގެ ޚިދުމަތާއި، ބަހުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދަނީ އެމްޓީސީސީންނެވެ. ރައްޔިތުންނާއި ގުޅުންހުރި ގިނަ ޚިދުމަތްތައް އެމްޓީސީސީން ފޯރުކޮށްދެމުންދާއިރު، މިހާރު އެކުންފުންޏަށް ވަނީ ރައްޔިތުންގެ ލޯތްބާއި، އިތުބާރު ލިބިފައެވެ.

އެގޮތުން ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

13 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު