Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވާން ދޭނީ ދެ ދުވަހުގެ މުއްދަތެއް

ލަފާ ކުރަނީ މި މަހުގެ 16 އަދި 17ގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 06:01
2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތެރެއިން

2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ތެރެއިން

މި މަހުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމަށް ދޭނީ ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރޭޝަނަށް ދެ ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެ ފުރުސަތު ދޭން ނިންމާފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކަމަށާއި އެކަމާމެދު ގޮތެއް ނިންމައި ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ ފުރަތަމަ ބުރުގައި ވޯޓުލި ފޮށިތަކުގައެވެ.

އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އީސީން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްގު 282،395 މީހަކަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 80 އިންސައްތައެއްހާ މީހުންނެވެ. މިއީ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލި ފަހަރެވެ.

ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ. އެގޮތުން، މުއިއްޒުއަށް 101،180 ވޯޓު ލިބިވަޑައިގެންފައިވާއިރު ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވަނީ 85،935 ވޯޓެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު