Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2023

ބައިލައްކައަށްވުރެ ގިނަ މީހުން ބަސް ނުބުނި، ސިޔާސީ ފަރާތްތަކަށް ދިން މެސެޖެއް؟

އިންތިޚާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 04:33
ވޯޓުލާ މަރުކަޒެއް، މިފަހަރު ވޯޓުލި މީހުންގެ އަދަދު މަދު

ވޯޓުލާ މަރުކަޒެއް، މިފަހަރު ވޯޓުލި މީހުންގެ އަދަދު މަދު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމިގެންދިޔައިރު މި ރިޔާސީ އިންތިޚާބު ވެގެންގޮސްފައިވަނީ މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލާން ނުކުތް އިންތިޚާބަށެވެ. އިންތިޚާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު ވޯޓުފޮށިތައް ބަންދު ކުރުމާ ހަމައަށް ވޯޓުލާފައިވަނީ ގާތްގަނޑަކަށް 80 އިންސައްތައެއްހާ މީހުންނެވެ. އެހެންކަމުން 20 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓުނުލައެވެ. އެއީ ބައިލައްކައަށްވުރެ ގިނަ މީހުންނެވެ.

ބައިލައްކަ މީހުންނަކީ ރާއްޖެ ކަހަލަ ކުޑަ އާބާދީއެއް އޮތް ޤައުމަކަށް މަދު އަދަދެއް ނޫނެވެ. އެ ވޯޓުތަކާއެކު މިފަހަރުގެ އިންތިޚާބުގެ ނަތީޖާ މިހާރު ފެންނަން ހުރި ވަރަށްވުރެ އެތައް ގޮތަކުން ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ ދެވަނަ ބުރެއްގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވެސް ވިސްނަވަންޖެހިވަޑައިގަންނަވާ ކަމެކެވެ. ވޯޓު ނުދީ އެ ރައްޔިތުން ބުނަން ބޭނުންވަނީ ކީކޭތޯ ދަނެ، އެކަން ދެވަނަ ބުރެއްގައި ހައްލު ކުރަން ޖެހެއެވެ.

އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އިންތިޚާބުގެ ފޯރި ފެށުނީއްސުރެ ކުޑަކަން އެތައް ބަޔަކު ފާހަގަކުރެއެވެ. ހާއްސަކޮށް ރަށްރަށުގައި ކުރިން އޮތް ސިޔާސީ ވާދަވެރިކަމާއި ފޯރި ނެތްކަން ކެންޑިޑޭޓުންގެ ދަތުރުތަކުން ވެސް ހާމަވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވީ ޗޮއިސް މަދުވެގެންނޭ ވެސް ނުބުނެވޭނެއެވެ. އެއީ މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވާދަ ކުރި އިންތިޚާބަށްވާތީއެވެ. ތަފާތު އެކި ޚިޔާލުތަކާއި އެކި ވައުދުތައް ވެސް ރައްޔިތުންނަށް އަޑުއިވުނުއިރު ބަސް ނުބުނެ ރައްޔިތުން އެ ހާމަކުރީ ވަރަށް ގިނަ ވާހަކަތަކެކެވެ.

އިންތިޚާބަށް ކައިރިވިއިރު ވެސް ބައެއް ފަރާތްތަކުން ދިޔައީ ވޯޓުލާން ބޭނުން ނުވާ ކަމަށް ބުނަމުންނެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އިތުބާރު ކުރަންވީ މީހަކު ނޭނގޭތީ އާއި ސިޔާސީ ކަންކަމާމެދު ފޫހިވުން ކަމަށް ބުނެއެވެ.

ފުރަތަމަ ބުރު ނިމުނީއެވެ. ދެން ތައްޔާރުވާންވީ ދެވަނަ ބުރަށެވެ. ދެވަނަ ބުރުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައި އެކަންކަން ހައްލުކުރުމަށް ދެ ކެންޑިޑޭޓުން ވެސް މަސައްކަތް ކުރަންވީއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅުކޮށް ސިޔާސީ ފަރާތްތަކާމެދު ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރަން މަސައްކަތް ކުރަންވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު