ސ. ހިތަދޫ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 14:06
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށި ދޮށުގައި މީހުން ކިއު ހަދާފައި.
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށި ދޮށުގައި މީހުން ކިއު ހަދާފައި.
އައިޝަތު މުހައްމަދު
ރިޔާސީ އިންތިޚާބު 2023
މިހާތަނަށް އައްޑޫސިޓީ ހިތަދޫގެ 3000 އަށްވުރެ ގިނަ މީހުން ވޯޓު ލައިފި
 
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީން ވޯޓު ލުމުގެ ހައްގު ލިބިގެންވާ 25,936 މީހުން އެބަތިބި
 
އިންތިޚާބުގެ ކަންކަން އައްޑޫގައި ދަނީ ވަރަށް އަމާން ކަމާއެކު
 
މިފަހަރުގެ ރިޔާސީ ރޭހުގައި އައްޑޫސިޓީއަށް ނިސްބަތްވާ ކެންޑިޑޭޓަކާއި 2 ރަނިންމޭޓަކު ވާދަކުރަމުންދޭ

ރިޔާސީ ރޭހުގައި ކެންޑިޑޭޓުންގެ ވާދަވެރިކަންވެސް އެންމެ ފޯރިގަދަ ކޮށް ފެންނަ އައްޑޫސިޓީގައި މިއަދުގެ މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. ރިޔާސީ ރޭހުގައި އައްޑޫސިޓީއަށް ނިސްބަތްވާ ކެންޑިޑޭޓަކާއި 2 ރަނިންމޭޓަކު ވެސް ވާދަކުރަމުންދާ މި އިންތިޚާބުގައި މިހާތަނަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރުވެސް ވަނީ ވޯޓު ލައްވާފައެވެ.  އަލީ ނިޒާރު ވޯޓު ލެއްވީ  މިއަދު މެންދުރު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓުފޮއްޓަށެވެ.

މާލެ ފިޔަވައި ޕާޓީތަކުގެ ސިޔާސީ ފޯރި ވެސް އެންމެ ގަދަ އައްޑޫސިޓީ އިން މިއަދު ފެންނަނީ ސުލްޙަވެރި ކަމާއެކު ގައުމީ ވާޖިބު އަދާ ކުރުމަށް ފޯރި އާއެކު ނިކުމެ ތިބި ރައްޔިތުން ތަކެކެވެ. ހެނދުނު 7 ޖެހީއްސުރެން  ދިގު ކިޔޫ ތަކުގައި  ވޯޓުލާ މަރުކަޒުތައް ފުރިފައިވާތަން ފެނިގެން ދިޔައެވެ. އެހެންކަމުން އައްޑޫ ސިޓީގައި ވޯޓުލުމުގެ ކަންތައް  އެއްވެސް ހަމަނުޖެހުމެއް ނެތި ވަރަށް އަމާންކޮށް ކުރިއަށްދާކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށި ދޮށުގައި މީހުން ކިއު ހަދާފައި. - އައިޝަތު މުހައްމަދު

އައްޑޫ ސިޓީ ހިތަދޫގައި ތިބި ވޯޓު ލުމުގެ ޙައްގު ލިބިފައިވާ މީހުންގެ އަދަދަކީ 12399 އެވެ. މިއެންމެން ވޯޓު ލުމަށް ހިތަދޫގައި ޖުމްލަ 15 ވޯޓު ފޮއްޓެއް ބެހެއްޓިފައިވެއެވެ. މީގެ ތެރެއިން ޝަރަފުއްދީން ސްކޫލްބެހެއްޓުނު 2 ވޯޓު ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ވޯޓު ފޮށިތައް ވެސް ހެނދުނު 8 ޖެހިއިރު ވޯޓުލާން ފަށާފައިވެއެވެ. ޝަރަފުއްދީން ސްކޫލް ގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަށް ވޯޓުލާން  ފެށުނީ ކަނޑައެޅިގައިވާ ވަގުތަށްވުރެ ބައިގަނޑި އިރު ލަހުންނެވެ. އެހެން އެކަން ދިމާވީ ބައެއް ޕާޓީތަކުގެ ބެނާތަކާއި އަދި ޓެންޓު ،ބެހެއްޓުމުގެ ފުރުސަތު ވޯޓުލާ މަރުކަޒުތަކުގެ ކުރިމަތިން ކަހަލަ ގޮތަކަށް ދީފައިވާތީ އެކަން ހަމަހަމަ އުސޫލަކުން ހަމަޖެއްސުމަށް އެދިގެން މަންދޫބުންގެ އޮބްޒާވަރުން ކުރި ޝަކުވާ ތަކަކަށް ފަހުއެވެ. އެވޯޓު ފޮއްޓަށް ވޯޓުލާން ހުޅުވާލީ ހުރިހާ ޕާޓީތަކަކަށް ވެސް  މަރުކަޒު ހުރި ސަރަޙައްދުތަކުގައި ޓެންޓް ޖެހުމުގެ ފުރުސަތު ދީގެން،  އެމައްސަލަ ޙައްލު ކުރުމަށް ފަހުއެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށި ދޮށުގައި މީހުން ކިއު ހަދާފައި. - އައިޝަތު މުހައްމަދު

 އައްޑޫސިޓީ ހިތަދޫގެ 4 ސަރަޙައްދެއްގައި ވަނީ ވޯޓުފޮށި ބަހައްޓާފައެވެ. އެއީ ހިތަދޫ ސްކޫލްގައި ބެހެއްޓިފައިވާ 5 ވޯޓު ފޮއްޓާއި ނޫރާނީ ސްކޫލްގައި ބެހެއްޓިފައިވާ 5 ވޯޓު ފޮއްޓާއި އަދި ޝަރަފުއްދީން ސްކޫލްގައި ހުރި 4 ވޯޓު ފޮށީގެ އިތުރުން  އައްޑޫ ހައި ސްކޫލްގައި ބެހެއްޓުނު ވޯޓު ފޮއްޓެކެވެ.

ހިތަދޫގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށް މިއަދު 12 ޖެހުމާ ހަމަޔަށް  ވޯޓުލީ މީހުންގެ  އަދަދުތައް:

·        ހިތަދޫ 1 - ހިތަދޫ ސްކޫލު: 204/852

·        ހިތަދޫ 2 - ހިތަދޫ ސްކޫލު: 172/628

·        ހިތަދޫ 3 - ހިތަދޫ ސްކޫލު: 112/463

·        ހިތަދޫ 4 - ހިތަދޫ ސްކޫލު: 122/512

·        ހިތަދޫ 5 - ހިތަދޫ ސްކޫލު: 136/453

 

·        ހިތަދޫ 6 - ނޫރާނީ ސްކޫލު: 140/534

·        ހިތަދޫ 7 - ނޫރާނީ ސްކޫލު: 138/553

·        ހިތަދޫ 8 - ނޫރާނީ ސްކޫލު: 145/582

·        ހިތަދޫ 9 - ނޫރާނީ ސްކޫލު: 149/620

·        ހިތަދޫ 10 - ނޫރާނީ ސްކޫލު: 163/640

 

·        ހިތަދޫ 11 - ޝަރަފުއްދީން ސްކޫލު: 123/723

·        ހިތަދޫ 12 - ޝަރަފުއްދީން ސްކޫލު: 135/601

·        ހިތަދޫ 13 - ޝަރަފުއްދީން ސްކޫލު: 168/603

·        ހިތަދޫ 14 - ޝަރަފުއްދީން ސްކޫލު: 209/584

·        ހިތަދޫ 15 - އައްޑޫ ހައި ސްކޫލު: 227/893

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީން ވޯޓު ލުމުގެ ހައްގު ލިބިގެންވާ 25,936 މީހުން އެބަތިއްބެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް