Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިސްކް އެލަވަންސް ކަނޑާލުން

އައްޑޫ ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 20 އަށް ވުރެ ގިނަ މުވައްޒަފުންގެ ރިސްކު އެލަވަންސް ކަނޑާލައިފި

މީގެ ކުރިން ދެމުން އައި 6500 ރުފިޔާގެ އެލަވަންސް މި މަހުގެ 15ން ފެށިގެން ވަނީ ކަނޑާލާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 13:37
ކުންފުނީގެ ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފި

ކުންފުނީގެ ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފި

އައްޑޫ ސިޓީ ހިތަދޫ، ފެނަކަ ބްރާންޗުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ 20ށް ވުރެ ގިނަ މުވައްޒަފުންގެ ރިސްކް އެލަވަންސް ކަނޑާލައިފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޯނުން މައުލޫމާތު ދެމުން އައްޑޫ ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ ލޭބަރ އަހުމަދު ނަސީމް ބުނީ މީގެ ކުރިން ދެމުން އައި 6500 ރުފިޔާގެ އެލަވަންސް މި މަހުގެ 15 އިން ފެށިގެން ކަނޑާލައިފައިވާކަން ފެނަކައިން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަސީމް ބުނީ ހިތަދޫ ފެނަކަ ބްރާންޗުގައި ފެނާއިނަރުދަމާގެ މަސައްކަތް ކުރާ 20 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ ކަމަށާއި އެ ހުރިހާ މުވައްޒަފުންނަށް ވެސް މި އެލަވަންސް ކަނޑާލި ކަން މިހާރު އަންގާފައިވާ ކަމަށެވެ. އެލަވަންސް ކަނޑާލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނަސީމް ބުނީ މުޅި ދިރިއުޅުމުގެ އެންމެހާ ކަންކަން ހަމަޖައްސަމުން އައީ އެ އެލަވަންސުން ލިބެމުން އައި ލާރި ހިމަނައިގެން ކަމަށެވެ. އެގޮތުން ނަގާފައިވާ ލޯނާއި، ކުދިންގެ ޓިއުޝަން ފީއާއި ގޭގެ އެހެނިހެން ޚަރަދުތައް ވެސް ހަމަޖައްސަމުން އައީ އޭގެން ކަމަށް ވެސް އޭނާ ބުންޏެވެ. ނަސީމް ބުނީ އެ އެލަވަންސް ކަނޑާލުމުން ދެން ދިރިއުޅުމުގެ ކަންކަން ދެކޮޅު ނުޖެއްސޭނޭކަމަށެވެ.

އޭނާ އިތުރަށް ބުނީ ފެނާއި ނަރުދަމާގެ މަސައްކަތަކީ ވަރަށް ބުރަ އަދި އެހާމެ ރިސްކު ބޮޑު މަސައްކަތެއް ކަމަށާއި ބައެއް ފަހަރު މުޅި ގައިގައި ނަޖިސް އުނގުޅައިގެން ބޮޑެތި ފުން ޖަންގްޝަން ވަޅުގަނޑުތަކަށް ވެސް އެރެހެން ޖެހޭ ކަމަށެވެ. އަދި އެހެން އުޅުމުގެ ތެރޭގައި އެއްފަހަރު ވަޅުވެސް ލެވުނު ކަން އޭނާ ފާހަގަކުރިއެވެ.

ފެނަކަ މުވައްޒަފު ނަސީމް، ފާޅުކުރި މި ކަންބޮޑުވުންތަކާއި ގުޅިގެން އެކަން އިތުރަށް ސާފުކޮށްލުމަށް ފެނަކަ ހިތަދޫ ބްރާންޗްގެ މެނޭޖަރ މުހައްމަދު އަލްޠާފަށް ގުޅާލުމުން، އޭނާ ވިދާޅުވީ އެ އެލަވަންސް އަކީ މަހުން މަހަށް ދޭ އެލަވަންސް އެއް ނޫންކަމަށެވެ. އަދި އެއީ ރަސްމީ ގަޑިތަކުގެ އިތުރުން ދިމާވާ ބައެއް ހާލަތްތަކުގައި ކުރާ ޚާއްޞަ މަސައްކަތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެއް ކަމަށެވެ.

އަލްތާފް ވިދާޅުވީ އާންމުކޮށް އެ އެލަވަންސް ކަނޑައަޅާފައި އޮންނަނީ، ރަސްމީ ގަޑީގެ އިތުރުން، ކަރަންޓާއި ފެނުގެ މައްސަލަ އަދި ނަރުދަމާގެ މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކުރާ މަސައްކަތަކަށް ދެމުން އަންނަ އެލަވަންސެއް ކަމަށެވެ. އެގޮތުން އެހެން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާފެ ރޭޓުން އެ އެލަވަންސް ދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ ފެނަކަ ބްރާންޗުގައި ފެނާއިނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ މުވައްޒަފުންތަކަށް ދެމުން އަންނަ ޚާއްޞަ އެލަވަންސެއް ކަނޑާލި ކަމަށް ބުނާއިރު، 2022 ވަނަ އަހަރު، އެ ރަށުގައި ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅެއްގައި ދެ މީހަކު ތާށިވެ، ފަރުވާދީފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެ އައިސީޔޫގައި ވެސް ފަރުވާދީފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫފެނަކަ ކޯޕަރޭޝަންއައްްޑޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު