Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ޤައުމީ ޓީމު

ޤައުމީ ޓީމަށް ނެގި ނެގުން، ނޭމާ ދިފާއު ކޮށްފި

ނޭމާ ބުނީ އަބަދު ވެސް ޤައުމީ ޓީމަށް ކުޅުމަކީ ނުހަނު ޕްރެޝަރު ބޮޑުވާ ކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2023 | ހޮނިހިރު 01:21
ދާދި ފަހުން އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ނޭމާ ޖޫނިއާ

ދާދި ފަހުން އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ނޭމާ ޖޫނިއާ

ބްރެޒިލް ޤައުމީ ޓީމުގެ ސްކޮޑުގައި އޭނާ ހިމެނުމުން، އެކަމުގެ ދިފާއުގައި ނޭމާ ޖޫނިއާ ވާހަކަ ދައްކައިފި އެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ވަކި ހިސާބަކުން ފެށިގެން ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ. އަނިޔާ އިން މުޅިން ރަނގަޅު ނުވި ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ކުޅެން ފަށައިފަ އެވެ. އެހެން ނަމަވެސް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ބަދަލުވިފަހުން، މިހާތަނަށް އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެ އެވެ. ސަބަބަކީ އަދިވެސް އަނިޔާ އިން މުޅިން ރަނގަޅު ނުވާތީ އެވެ.

ނޭމާ ބުނީ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ވަރަށް އުފަލުން ކަމަށެވެ. އެހެން ނަމަވެސް، އޭނާ މުޅިން ފިޓު ނޫން ކަމަށް ނޭމާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަލް ހިލާލްގައި މިހާތަނަށް މެޗެއް ކުޅެފައި ނުވަނީ ވެސް މުޅިން ފިޓު ނުވާތީ ކަމަށެވެ. ނަމަވެސް ސައުދީ ލީގުގައި އެންމެ ފަހުން އަލް ހިލާލުން ކުޅުނު މެޗުގައި އޭނާ ކުޅެން އުޅުނު ކަމަށް ނޭމާ ވަނީ ބުނެފަ އެވެ. ފަހު ވަގުތު އެ މެޗުގައި ނޭމާ ނުކުޅުވަން ކޯޗު ނިންމީ، އޭނާ އަށް ފަރިތަކުރުމުގައި ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުންނެވެ. ނަމަވެސް ކޯޗު އެ ނިންމުން ނިންމީ އިތުރު ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.

ނޭމާ ބުނީ އަބަދު ވެސް ޤައުމީ ޓީމަށް ކުޅުމަކީ ނުހަނު ޕްރެޝަރު ބޮޑުވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް، ރައްޓެހިންނާއި، އާއިލާގެ ފަރާތުން ޕްރެޝަރު އަންނަ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ނޭމާ ބުނީ އަބަދު ވެސް އޭނާ ބޭނުންވަނީ ޤައުމީ ޓީމުގައި މޮޅަށް ކުޅެން ކަމަށާއި، މިހާތަަނަށް އެކަމުގެ ކޮންމެ ވެސް ވަރެއް ހާސިލްވެފައިވާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އިން ބޮލީވިއާ އަދި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ނޭމާ ވަނީ ހިމަނައިފަ އެވެ. ނަމަވެސް، އެ ދެ މެެޗުގެ ފުރަތަމަ 11 އިން ނޭމާ ފެނިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
23 މާރިޗު 2017

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު