Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ތަރައްޤީ

އައްޑޫ ސިޓީ އަށް އައި ބަދަލު ރޮޒައިނާ ކިޔާދެއްވީ މާޒީ ހަނދާންކޮށްދެއްވަމުން

8 ސެޕްޓެމްބަރު 2023 | ހުކުރު 02:50

ކުރީ ސަރުކާރުގައި ކޮރަޕްޝަން އިންތިހާ އަށް އޮތް ކަމަށް ފާހަގަކުރައްވާ އެކަމަށް ރޮޒައިނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 02:50
އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގައި ރޮޒައިނާ ވާހަކަފުޅުދައްކަވަނީ

އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގައި ރޮޒައިނާ ވާހަކަފުޅުދައްކަވަނީ

މާޒީގެ ކަންކަމާއި މިހާރާއި އަަޅާ ކިޔާލުމުން އައްޑޫ ސިޓީ އަށް އައި ތަރައްްޤީ އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ ޖަލްސާގައި ރޮޒައިނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ މަސައްކަތްތައް އަޅާކިޔުއްވާފައެވެ. އެގޮތުން ކުރީގެ ސަރުކާރުން ވެރިކަމުގައި ތިބި އިރު އައްޑޫ އިން ކަރަންޓު ކެނޑޭތީ މުޒާހަރާ ކުރި ހަނދާން އޭނާ ވަނީ އައުކޮށްދެއްވާފައެވެ. އެެހެންނަމަވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް މިހާރު އެކަށީގެންވާ ހައްލެއް ލިބިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރޮޒައިނާ ވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވިއިރު، އައްޑޫގެ ކަންކަމާމެދު އަޅާނުލައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު މީދޫ ބަނދަރު ހަލާކުވާތީ ޓިނު ޖަހަން ޖެހުނު ކަމަށާއި ފޭދޫގައި ބަނދަރު ހަލާކުވެ ގިރަމުން ދިޔަ މައްސަލަ ރޮޒައިނާ ފާހަގަކުރެއްވިއެވެ. ރައްޔިތުން އެކަންކަން މުއިއްޒުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަންކަމާއި އޭނާ އަޅާނުލެއްވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު އައްޑޫގެ ތަރައްްޤީ އަށް މުއިއްޒު ކަންކަން ކޮށްދެއްވާނެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި އޭނާ ވަނީ އައްޑޫގެ ކުރިމަގާއި އައްޑޫގައި އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައްޑޫ އަކީ ތިލަފަތުގެ ހަމަހަމަކަން އެންމެ ރަނގަޅަށް ފެންނަތަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު މަސައްކަތްކުރައްވަމުން ގެންދަވަނީ އައްޑޫ ސިޓީ އަށް އިންޤިލާބީ ބޮޑު ބަދަލެއް ގެންނަވަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ލޯނު ނަގައިގެން ކަންކަން ކުރާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރޮޒައިނާ ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ލޯނު ނަގައިގެން ސަރުކާރުން ކޮށްދިނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަމަށެވެ. އެކަންކަން ކުރަމުން ދަނީ ފުރިހަމަ ޕްލޭނަކާއެކު ކަމަށް ވުމުން ލޯނު ނުދެއްކިދާނެތީ އެއްވެސް ރައްޔިތަކު ހާސްވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ސަރުކާރުން އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް އަޅަން ކަމަށް ބުނެ އައްޑޫ ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލާފައިވާ ކަމަށާއި އެކަމަށް ކުރީގެ ރައީސް ޔާމީނަށް މާފުނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް އޮޅުވާލައިގެން ކުރެއްވި ކަމެއް ކަމަށް ރޮޒައިނާ ސިފަކުރެއްވިއެވެ. މީގެ އިތުުރުން ކުރީގެ ސަރުކާރުގައި ކޮރަޕްޝަން އިންތިހާ އަށް އޮތް ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ރޮޒައިނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް