Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލޭނިންގ މިނިސްޓްރީ

ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމާއި އުތީމު ނެރުފައިކަށީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

5 ސެޕްޓެމްބަރު 2023 | އަންގާރަ 11:51

ކުރެންދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 53.3 މިލިއަން ރުފިޔާއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 11:51
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން

ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

Advertisement - newsAdvertisement

ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53،367،570.36 (ފަންސާސް ތިން މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ، ތިރީސް ހަ ލާރި) އަށެވެ. މި މަޝްރޫއާއެކު އެ ރަށުގެ ބަނދަރުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 3.5 މީޓަރުގެ ފުންމިނަށް ބަނދަރުތެރެ ކޮނުމާއި، 405 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި، 10 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި، 63 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި އަދި ކޮންކްރީޓް ދެ ޖެޓީ ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އޮޅުވެލިފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގެ ބަނދަރު 3 މީޓަރަށް ފުންކޮށް، ނެރު 4 މީޓަރަށް ފުން ކުރާނެއެވެ. އަދި 164 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 157 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި، 156 މީޓަރުގެ ސޭންޑްފިލްޑް ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، 246 މީޓަރުގެ އެލް ބްލޮކް ވާޓަރު ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، ކޮންކްރީޓް ޕޭވްމަންޓެއް ހެދުމާއި، އެކްސެސް ރޭމްޕަކާއި ބްރިޖް އަދި ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 66،402،902.96 (ފަސްދޮޅަސް ހަ މިލިއަން ހަތަރު ލައްކަ ދެހާސް ނުވަސަތޭކަ ދެ ރުފިޔާ، ނުވަދިހަ ހަ ލާރި)އަށެވެ.

ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 50 މީޓަރުގެ ބޭރުތޮށި ޖެހުމާއި ދެ ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 6،199،871.76 (ހަ މިލިއަން އެއްލައްކަ ނުވަދިހަ ނުވަ ހާސް އަށްސަތޭކަ ހަތްދިހަ އެއް ރުފިޔާ، ހަތްދިހަ ހަ ލާރި) އަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

16 އޯގަސްޓު 2017
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި
26 ޖުލައި 2017

ކައުންސިލްތަކަށް ބިން ހަވާލުކުރުމާއި، ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

26 ޖުލައި 2017
ކައުންސިލްތަކަށް ބިން ހަވާލުކުރުމާއި، ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައިފި
28 ޖޫން 2017

ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑްވެއްޖެ: މިނިސްޓަރ މުހައްމަދު އާސިމް

28 ޖޫން 2017
ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑްވެއްޖެ: މިނިސްޓަރ މުހައްމަދު އާސިމް
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
08 ޖޫން 2017

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

08 ޖޫން 2017
ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި
04 ޖޫން 2017

ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!

04 ޖޫން 2017
ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
06 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް

06 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރުމާއި އެކު، މާމިގިލި ރަތަށް
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް