Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2023

އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރުމުގައި ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގަންނަވަނީ

5 ސެޕްޓެމްބަރު 2023 | އަންގާރަ 10:08

ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ އިވެންޓު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 10:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

މަޑަގަސްކަރާގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ދިވެހިރާއްޖެއިން ހޯދި ތާރީޚީ ކާމިޔާބާ ގުޅިގެން, އުފާ ފާޅުކުރުމަށް ބާއްވާ އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ނުވަ ކުޅިވަރެއްގައި ވާދަކޮށްފައެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، ވޮލީބޯޅަ، އެތުލެޓިކްސް، ޓެނިސް، ހޭންޑްބޯޅަ، ބާސްކެޓުބޯޅަ، ސްވިމިން، ބެޑްމިންޓަން އަދި ޓައެކްވަންޑޯއެވެ. ގޭމްސްގައި ބައިވެރިވި ރާއްޖޭގެ އެތުލީޓުންގެ އަދަދަކީ 176ވެ. ގޭމްސްގައި ރާއްޖޭގެ ޓީޓީ، ބެޑްމިންޓަން، ޓައެކްވަންޑޯ، ޕެރަ އެތުލެޓިކްސް، އެތުލެޓިކްސް އަދި ބާސްކެޓު ބޯޅައިން ވަނީ މެޑަލް ހާސިލްކޮށްފައެވެ. ރާއްޖެއިން ވަނީ ޖުމުލަ 28 މެޑަލް ހާސިލްކޮށްފައެވެ. އެއީ ފަސް ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި 14 ބްރޯންޒް މެޑަލްއެވެ.

ދިވެހި އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ (މިރޭ) 20:45ގައި ޖުމްހޫރީ މައިދާނުގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެތުލީޓުންނާއި އޮފިޝަލުންނަށް މަރުހަބާ ކިޔުމަށް މިފަދަ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، އެތުލީޓުންނާއި އޮފިޝަލުން ދައްކައިދިން ގައުމިއްޔަތުގެ ރިވެތި ނަމޫނާއާއި، ހިތްވަރާއި، އަޒުމާއި، ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީ ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމެވެ. އަދި، އެތުލީޓުންނާއި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ބަޑި ބޭހުގެ ކުޅިވަރުތައް ދައްކާލުންވެސް އޮންނާނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ރާއްޖެއިން ވަނީ 15 މެޑަލް ހާސިލްކޮށްފައެވެ. އޭގެ ފަހުން މިއަހަރުގެ ގޭމްސްގައި އެ އަދަދު އިތުރު ކުރުމަށް ރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދިނެވެ. އެގޮތުން އެ ކާމިޔާބީ ހޯދުމަށް އަމާޒު ކަނޑައަޅައިގެން ރާއްޖެއިން ވަނީ ދުރާލައި ގިނަ މަސައްްކަތްތަކެއް ކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގެ އެތުލީޓުންނަށް ރާއްޖެއިން ބޭރުގެ ގައުމުތަކާއި، ރާއްޖޭގައި ތަމްރީނުތައް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

މިއަހަރުގެ ގޭމްސް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހުނީ ރާއްޖޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ގޭމްސްއަށް ތައްޔާރު ނުވެވުމުގެ ސަބަބުން، އެ ފުރުސަތު ޖެހުނީ ދޫކޮށްލާށެވެ. ދާދި ފަހުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަކީ މި ދައުރުގެ ތެރޭގައި ކުރަން ބޭނުންފުޅުވި ކަމެއް ކަމަށެވެެ. ނަމަވެސް ދިމާވި ހާލަތުގެ ސަބަބުން އެކަން ހާސިލްނުކުރެވުނު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބުވެ ވަޑައިގެންފިނަމަ، އަލުން ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް