Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ގައުމީ ޓީމް

ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާތީ ބްރެޒިލް ޓީމުން އެންތަނީ ބާކީކޮށްފި

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޭނާ ސްކޮޑުން ވަކިކުރީ ތަހުގީގު ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 04:23
ވޯލްޑް ކަޕް މެޗަކަށްފަހު އެންތަނީ

ވޯލްޑް ކަޕް މެޗަކަށްފަހު އެންތަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ އެންތަނީގެ ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން ބްރެޒިލް ގައުމީ ޓީމުން އޭނާ ބާކީކޮށްފި އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ސްކޮޑުން ވަކިކުރީ ތަހުގީގު ކުރަން ޖެހޭ ކަންކަން އާންމުވުމާ ގުޅިގެން ކަމަށެވެ. ބްރެޒިލްގެ ނިއުސް އައުޓްލެޓް ޔޫއޯއެލް އިން ވަނީ އެންތަނީގެ ކުރީގެ ބައިވެރިޔާ ކުރި ތުހުމަތުތައް ހޯމަ ދުވަހު އާންމުކޮށްފައެވެ.

ސައޯ ޕައުލޯ އާއި ގްރޭޓާ މެންޗެސްޓާގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ ކުޅުންތެރިޔާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އޭނާ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ތުހުމަތުތަކަކީ ދޮގެއްކަމާއި މިހާރުވެސް ހުށަހަޅާފައިވާ ހެކިތަކާއި ހުށަހެޅޭ އެހެނިހެން ހެކިތަކުން ވެސް އެނގެނީ އޭނާ އަކީ ކުށެއް ނެތް މީހެއްކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުތަކުން އޭނާގެ ކުށެއް ނެތްކަމުގެ ޙަޤީޤަތް ހާމަވެގެންދާނެކަމަށް އެންތަނީ ބުންޏެވެ.

އެންތަނީގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު މެންޗެސްޓަރ ހޮޓަލެއްގެ ކޮޓަރިއެއްގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގެބްރިއެލާ ކެވަލިންއަށް ހަމަލާދިން ކަމުގެ ތުހުމަތެވެ. އަދި އޭނާގެ މޭމަތީގައި ޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސާޖަރީއެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ގެބްރިއެލާ ވަނީ ބުނެފައެވެ.

އެންތަނީގެ ބަޔާނުގައި އިތުރަށް ބުނީ އޭނާގެ ކުރީގެ ބައިވެރިޔާއާ އޮތް ގުޅުމަކީ އެހާ ރަނގަޅު ގުޅުމެއް ނުން ކަމަށާއި ނަމަވެސް އޭނާ ދުވަހަކުވެސް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ. މީގެއިތުރުން ކުރީގެ ލޯބިވެރިޔާ އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ މިދިޔަ ޖޫން މަހު ވެސް އޭނާ ވަނީ ބަޔާނެއް ނެރެފަ އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިފަދަ އެހެން މައްސަލައަކާ ގުޅިގެން މޭސަން ގްރީންވުޑް ޔުނައިޓެޑު ދޫކޮށްލާފައިވާ ދަނޑިވަޅުގައެވެ. ގްރީންވުޑް ވަނީ އޭނާއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ތަހުގީގުތައް ކުރިޔަށް ގެންދާތީ ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ނުވިކަން ފެބްރުއަރީގައި ހާމަކޮށްފައިވާއިރު، މިދިޔަ ހަފްތާގައި އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ގެޓާފޭ އަށް ބަދަލުވެފައެވެ.

ކުރިޔަށް އޮތް ބޮލީވިއާ އާއި ޕެރޫ އާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އެންތަނީގެ ބަދަލުގައި ނަގާފައިވަނީ އާސެނަލްގެ ފޯވާޑް، ގަބްރިއެލް ޖީސަސް އެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2017

ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދައިފި

07 ޖުލައި 2017
ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ ހަތަރު ވަނަ ސާއިދު ހޯދައިފި
27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
03 އެޕްރީލު 2017

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު