Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ބިން ހިއްކުމުގެ މަސައްކަތް

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 02:26
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު

އައްޑޫސިޓީ ތަރައްޤީ ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން އެ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މި މަސައްކަތް މިދިޔަ އޮގަސްޓް މަހު ނިމިފައިވާ ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގައެވެ. މި މަޝްރޫއުގެ ދަށުން 228 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އައްޑޫން ބިން ހިއްކަނީ ރިސޯޓު ތަރައްޤީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ހިތަދޫގައި 80 ހެކްޓަރު ވަނީ ހިއްކާފައެވެ.

މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ ތިން ރަށަށް، ރަށަކަށް 8.3 ހެކްޓަރުގެ މަގުން 25 ހެކްޓަރުގެ ބިން އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ރަށްތައް ބީލަމަށް ހުޅުވާލަން ބޭނުންވާތީ، އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މި ރަށްތަކަށް ކިޔާނެ ނަންތައްވެސް ފާސްކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ދީފައިވާ ނަންތަކަކީ "ބޮލިހެރަ" އާއި "ދޮންދީނިހެރަ" އަދި "ދޮންހެރަ" އެވެ.

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އާއެވެ. މިއީ އިންޑިޔާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު