Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށިފިކުރުގެ މީހުން ރިހިބިލިޓޭޓް ކުރުން

ހަރުކަށި ފިކުރާއެކު ހަނގުރާމައަށްދިޔަ މީހުން މުޖުތަމައުއަށް ނެރުމަށް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރެވޭ: މިނިސްޓަރު އިމްރާން

4 ސެޕްޓެމްބަރު 2023 | ހޯމަ 07:37

ދ.ކުޑަހުވަދޫގައި ގާއިމްކުރި ސެންޓަރު މިމަހުގެ ތެރޭގައި ހުޅުވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 07:37
ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ

ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ

ހަރުކަށި ފިކުރުގެ ސަބަބުން، ރާއްޖެ ދޫކޮށް، ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރި ފަރާތްތަކާއި އާއިލާތައް، އަނބުރާ ގެނެސް، މުޖުތަމައުއަށް ނެރުމަށް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހދ.މަކުނުދޫގައި ބޭއްވި ބަނދަރު ބައްދަލުއްވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެގެ އިގްތިސާދު ދެ ގުނަ ކުރަން މަސައްކަތް ކުރާއިރު، އެންމެ މުހިއްމު އެއް ކަމަކީ، 'އުފާވެރި އަމާން ރާއްޖެ'' ސްލޯގަންގައިވާ އަމާންކަންކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އަމާންކަމަށް ހުރި ގޮންޖެހުންތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނު އަމިއްލަފުޅަށް ޗެއަރ ކުރައްވާ ވަރަށް މުހިއްމު ދެ ކައުންސިލްއަކާއިއެކު، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެ ދެ ކައުންސިލްއަކީ، ރައީސް ސާލިހު ހައްދަވާފައިވާ، ޑްރަގް ޓާސްކް ފޯސްއަކާއި، ގޭންގް ޓާސްކް ފޯސްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ކަންކަމުގެ ސަބަބުން ބޮޑުވަމުން އަންނަ ޖީލުގެ ތެރެއިން، ޖުވެނަލް ޖަސްޓިސްގެ ދާއިރާގައި މަސައްކަތް ކުރަންވީ ގޮތާއި، ކުދިންނާއި ޒުވާނުން ކުށްތަކުން އެއްފަރާތްކޮށް، އަމާން މުޖުތަމައަކާއި ދިމާއަށް ދަތުރު ކުރާނީ ކިހިނެއްކަން އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިމަސައްކަތް ފެށީ ސުމަކުން ކަމަށާއި، މީގެ 20 އަހަރު ކުރިން ކ.މާފުށީގައި ހުރި އިސްލާހިއްޔާ އުވާލި ނަމަވެސް މިހާރު އެމަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ގާނޫނަށް ބަދަލުގެނެސްފައިވާ ކަމަށާއި، ސެންޓަރުތައް ގާއިމްކުރަމުންދާ ކަމަށެވެ. އަދި ދ.ކުޑަހުވަދޫގައި ގާއިމްކުރި ސެންޓަރު މިމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހަރުކަށި ފިކުރަށް އިޝާރަތް ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، މި ފިކުރުގެ ސަބަބުން ރާއްޖެ ދޫކޮށް، ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރި ފަރާތްތަކާއި އާއިލާތައް، އަނބުރާގެނެސް މުޖުތަމައުއަށް ނެރުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ. އަދި މިއަދު ދުނިޔޭގެ ގައުމުތަކުން އައިސް ރާއްޖޭގައި މީހުން ރިހިބިލިޓޭޓް ކުރާ ގޮތް ބަލައި، ޕްރޮގްރާމްތައް ކުރިއަށް ގެންދާ ގޮތް ދަސްކުރަން ބޭނުންވާ ހިސާބަށް މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

އިސްލާމް ދީނާއި ދުރުވެ، ދެކޮޅުވެ، ދީނަށް ފުރައްސާރަކުރާ ބައެއް މީހުން އުޅޭކަން ފާހަގަކުރަައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ އެކަން ހައްލު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށާއި، އެކަން ކުރާނެ ޚާއްސަ، ދާއިންނާއި، ޚާއްސަ މުރައްބީން ތަމްރީންކޮށް، އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް އެކަށައަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވަނީ މިސަރުކާރުގެ ވައުދުތަކާއި، ތަރައްގީއާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު 2018 ގައި ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވުމަށްވި ވައުދުފުޅުތައް ފުރިހަމަ ކުރުމަށް 44 ނުވަތަ 45 ބިލިއަން ރުފިޔާއަރާ ކަމަށެވެ. މި އަހަރު ރައީސް ވެ ވަޑައިގަންނަވާ ވައުދުފުޅުތަކަށް އަދި އަރަނީ ގާތްގަނޑަކަށް، 34 ނުވަތަ 35 ބިލިއަން ރުފިޔާކަމަަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ފުރަތަމަ ދައުރުގެ ވައުތަކަށްވުރެން، މާ ބާރަށް، މާ ފަސޭހައިން، މާ އަވަހަށް މި ވައުދުތައް ފުއްދާ ނިންމަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ޤުދުސްގެ މައްސަލައިގެ ސިޔާސަތުގެ ސަބަބުން ހަރުކަށި ވިސްނުންތަކަށް ފުރުސަތު ލިބޭ: ރައީސް ނަޝީދު

06 ޑިސެމްބަރު 2017
ޤުދުސްގެ މައްސަލައިގެ ސިޔާސަތުގެ ސަބަބުން ހަރުކަށި ވިސްނުންތަކަށް ފުރުސަތު ލިބޭ: ރައީސް ނަޝީދު
03 ޑިސެމްބަރު 2017

ހިދްމަތާއި ޕާސްޕޯޓް ކާޑާއި ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެން: އިމިގްރޭޝަން

03 ޑިސެމްބަރު 2017
ހިދްމަތާއި ޕާސްޕޯޓް ކާޑާއި ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެން: އިމިގްރޭޝަން
25 ނޮވެމްބަރު 2017

ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ

25 ނޮވެމްބަރު 2017
ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ ހަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވާން ޖެހޭ: އެމްޑީޕީ
23 ނޮވެމްބަރު 2017

ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ

23 ނޮވެމްބަރު 2017
 ޖޯޑަންގެ ދީނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ރާއްޖެ އަތުވެއްޖެ
01 ނޮވެމްބަރު 2017

އެއް ކެނޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ހުރަހަކަށް ނުވާނެ: ހަސަން ލަތީފު

01 ނޮވެމްބަރު 2017
އެއް ކެނޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު ހުރަހަކަށް ނުވާނެ: ހަސަން ލަތީފު
27 އޮކްޓޯބަރު 2017

ހަމަ އަގުނުދީ ނުނެރުމަށް ރޮވެ އާދޭސްކުރަނިކޮން ބަނޑޭރިކޮށިން ގެޔެއް ހުސްކޮށްފި

27 އޮކްޓޯބަރު 2017
ހަމަ އަގުނުދީ ނުނެރުމަށް ރޮވެ އާދޭސްކުރަނިކޮން ބަނޑޭރިކޮށިން ގެޔެއް ހުސްކޮށްފި
21 އޮކްޓޯބަރު 2017

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

21 އޮކްޓޯބަރު 2017
އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
02 އޮކްޓޯބަރު 2017

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ފާސްކޮށްފި

02 އޮކްޓޯބަރު 2017
ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުމަށް ފާސްކޮށްފި
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް