Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އެސްޓަން ވިލާ ބަލިކޮށް، ލިވަޕޫލް ތިންވަނައަށް

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 16:04
އެސްޓަން ވިލާއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓަން ވިލާއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލް ތިންވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ތިން މިނެޓު ތެރޭގައި އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑޮމިނިކް ސޮބޮސްލައިއެވެ. މިއީ މި ހޫނުމޫސުމުގައި ލިވަޕޫލަށް ބަދަލުވުމަށްފަހު އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނެޓުގައި އެސްޓަން ވިލާގެ މެޓީ ކޭޝް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނިކުތް ނަމަވެސް، ކޭޝްގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެޔަށެވެ. އޭގެ ފަހުންވެސް ނޫނޭޒް ވަނީ ނުރައްކާ ހަމަލާއެއް އުފައްދާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގެ ތެރޭގައި ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހުއެވެ. ސަލާހު ލަނޑު ޖަހާފައިވަނީ އޭނާ ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަދުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އޭނާ ވަނީ ބަދަލުނުވާން ނިންމާފައެވެ.

މި މޮޅާއެކު ލިވަޕޫލް ތިންވަނައަށް ޖެހިލާފައިވަނީ 10 ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓާއެކު އެސްޓަން ވިލާ އޮތީ 11 ވަނާގައެވެ. ލިވަޕޫލަށް ދެން އޮންނާނީ 16 ވަނަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު