Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިރިމަރަދޫގެ ތަރައްގީ

ހިރިމަރަދޫގެ ބޮޑެތި މަގުތައް ތަރައްގީކުރައްވައި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ވަސީލަތްތައް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 10:19
ރައީސް ސާލިހް ހިރިމަރަދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސް ސާލިހް ހިރިމަރަދޫގައި ވާހަކަފުޅުދައްކަވަނީ

ހިރިމަރަދޫގެ ބޮޑެތި މަގުތައް ތަރައްގީކޮށްދެއްވައި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ވިދާޅުވީ، ކުރިއަށް އޮތީ މި ރިޔާސީ އިންތިޚާބުގެ ފަހު 6 ދުވަސް ކަމަށާއި، ރައްޔިތުން މިހާރު ތިބޭނީ ގޮތެއް ނިިންމައިގެން ކަމަށެވެ. އަދި ކުރައްވާ ދަތުރުފުޅުތަކުން އެ މަންޒަރު ރަށްރަށުން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ރަށަކުންވެސް ފެނިވަޑައިގަންނަވަނީ ގެންނަން އުޅޭ ބޮޑު ބަދަލާ އެކީގައި ދާން ތައްޔާރަށް ތިބި ތަން ކަމަށާއި، އެނބުރި އަނިޔާވެރިކަމަށް ދާން ބޭނުންވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އެދިވަޑައިގަތީ ވޯޓު އޮންނަ ދުވަހު ވީހާވެސް އަވަހަކަށް ނުކުމެ، ވޯޓު ލުމަށެވެ. ރައީސް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަންޖެހޭ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ވޯޓެއް ކަމަށާއި، އެއީ ކޮންމެ މީހެއްގެ ވޯޓަކަށްވެސް ވެދާނެކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީއަށްޓަކައި ހިރިމަރަދޫ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި ބަނދަރު ބޮޑުކޮށްދެއްވައި މަރާމާތު ކޮށްދެއްވައި ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމަށެވެ. އަދި މި މަސައްކަތް ނިމޭއިރު މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކުރައްވާނެ ކަމަށާއި، ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވައި، ތާރު އަޅުއްވައިދެއްވައި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޒުވާނުން ކުޅިވަރުކުޅެން ބޭނުންވާ ވަސީލަތްތަކާއެކު ރަނގަޅު ޚިދުމަތްތަކެއް ޒުވާނުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅަކީ އެއްވެސް މީހަކު ބާކީނުކުރެއްވުން ކަަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ކަންކުރައްވާނީ އެގޮތަށް ކަމަށާއި، އެދިވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނާ އެއްކޮށް ތިބުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އެދުންތައް ފުއްދޭނެ މެނިފެސްޓޯއެއް، ވާދަވެރި އެއްވެސް ކެންޑިޑޭޓެއްގެ ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު