Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅު މަޝްރޫއު

އިހަވަންދިއްޕޮޅު ބަނދަރާމެދު ރައީސްގެ އުއްމީދު ބޮޑު

މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެށުމަށް ނިންމާފައިވަނީ ބަންކަރިންގ ޚިދުމަތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 08:18
އެސްޓްރަޒެނިކާގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރއަކަށް އެސްޓީއޯ

އެސްޓްރަޒެނިކާގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރއަކަށް އެސްޓީއޯ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމު ކުރުމަކީ ރާއްޖެ އިޤްތިސާދީ ގޮތުން ކުރިއަރައިގެންދާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިހަވަންދިއްޕޮޅު މަޝްރޫއުގެ ސިޔާސަތުތައް ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އެކަމަށްޓަކައި ސަރުކާރުގެ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމްއެއް އުފެއްދިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޓީސީސީއާއި، އެމްޕީއެލްއާއި، އަރބަންކޯއާއި އެސްޓީއޯފަދަ ސަރުކާރުގެ ކުންފުނިތަކެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެށުމަށް ނިންމާފައިވަނީ ބަންކަރިންގ ޚިދުމަތް ކަމަށެވެ. އޭގެ ތެރެއިން، އުޅަނދުތަކަށް ތެލާއި ފެން ފޯރުކޮށްދިނުމުގައި ކުންފުނިތަކުން އަދާކުރެވިދާނެ ދައުރަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

އަދި ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ހިންގުމުގައި ބޭރު ޤައުމުތަކުގެ ބައިވެރިވުން ވީހާވެސް ކުޑަ ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަންނަ ދައުރުގެ ތެރޭގައި އިހަވަންދިއްޕޮޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިންވެސް ބަންކަރިންގ ގެ ޚިދުމަތް ދެވޭގޮތް ހަމަޖެއްސުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަޝްރޫއާއެކު ބޮޑު ބަދަލެއް އެ ސަރަޙައްދަށް އަންނާނެ ކަމަށެވެ. އެއީ ދައުލަތަށްވެސް އާމްދަނީ ވަންނާނެ ދޮރެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފައެވެ.

މި މަޝްރޫއަކީ މީގެ ވިއްސަކަށް އަހަރުކުރިންވެސް ފަށާފައި އޮންނަން ރަނގަޅު މަޝްރޫއެއްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އަވައްޓެރި ޤައުމުތަކުން މިހާރު ވިޔަފާރި ބަނދަރުތައް ޤާއިމުކޮށް، މި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭރު ރާއްޖެއިން މިފަދަ މަޝްރޫއެއް ފެށިނަމަ ރާއްޖެއާ ވާދަކުރެވޭ ވަރުގެ ބަޔަކުވެސް މި ސަރަޙައްދުގައި ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް ކޮންމެވެސް މިންވަރަކަށް އެ ފުރުސަތު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަންރިންގެ ޚިދުމަތް ފަށައި އޭގެ ނަފާ މުޅި ޤައުމަށާއި އެ ކުންފުންޏަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށް ސަރުކާރުން ބުނެއެވެ.

ގުދުރަތީ ގޮތުން ވަކި އަތޮޅެއް ކަމަށްވާ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިން ރޫޓުން އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އެސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގުބޯޓު ހުރަސް ކުރެއެވެ.

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 

ބަންކަރިން ޕްރޮޖެކްޓު ހަވާލުކުރި ޤަތަރުގެ އާބަކޮން އަކީ ޢިމާރާތްކުރުމުގެ ދާއިރާގައި މެދުއިރުމަތީގެ އެންމެ ފުއްނާބު އުސް އެއް ކުންފުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު