Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއޯއައިޖީ

ރަން މެޑަލްގެ އަމާޒަށް ވާސިލްނުވިޔަސް، ޖުމްލަ އަދަދުން ބެޑްމިންޓަން ޓީމަށް ހިތްހަމަޖެހުން!

ބެޑްމިންޓަން ޓީމުން މިފަހަރު 7 މެޑަލް ހޯދި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 06:18
ޑަބަލްސް ރަން މެޑަލް ހޯދުމަށްފަހު ނަބާއާއި ނަބީ: ފޮޓޯ- އެމްއޯސީ/ މުހައްމަދު ޝާބިން

ޑަބަލްސް ރަން މެޑަލް ހޯދުމަށްފަހު ނަބާއާއި ނަބީ: ފޮޓޯ- އެމްއޯސީ/ މުހައްމަދު ޝާބިން

މަޑަގަސްކަރާގައި އާދިއްތަ ދުވަހު ނިމޭ 11 ވަނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ޓީމަށް ހޯދުނީ އެއް ރަން މެޑެއްޔެވެ. 2019 ވަނަ އަހަރު އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖޭގެ ބެޑްމިންޓަން ޓީމުން ރަން މެޑެއްޔެއް ހޯދިއެވެ. 2019 ވަނަ އަހަރު ހޯދީ އަންހެން ސިންގަލްސްގައި ނަބާ ހޯދައިދިން ގޯލްޑް މެޑެއްޔެވެ. އެކަމަކު މިފަހަރު ހޯދީ އަންހެން ޑަބަލްސްގެ ރަން މެޑެއްޔެވެ. ނަބާއާއި ނަބީ ހޯދައިދިން މެޑެއްޔަކީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ޑަބަލްސްގައި ބެޑްމިންޓަން ޓީމުން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ. އެކަމަކު ސިންގަލްސް މެޑަލް ދިފާއުނުކުރެވުމުގެ މާޔޫސްކަން އެބައޮތެވެ.

އެއް ރަން މެޑެއްޔާއެކު ޓީމްގެ ޖުމްލަ އަދަދަކީ މިފަހަރު ހަތް މެޑެއްޔެވެ. އެއީ ތިން ރިހި މެޑެއްޔާއި ތިން ލޯ މެޑަލް ހިމެނޭ ގޮތަށެވެ. ރިހި މެޑަލް ހޯދީ އަންހެން އަދި ފިރިހެން ޓީމް, ޓީމް އިވެންޓުންނާއި އަންހެން ސިންގަލްސްގައި ނަބާއެވެ. ލޯ މެޑަލް ހޯދީ ފިރިހެން ސިންގަލްސްގައި އަހުމަދު ނިބާލްއާއި މިކްސް ޑަބަލްސްގައި ނަބާއާއި ޒަޔާން އަދި އަންހެން ސިންގަލްސްގައި ނަބީއެވެ.

2019 ވަނަ އަހަރުގެ ގޭމްސްގައި ރާއްޖޭގެ ބެޑްމިންޓަން ޓީމްގެ ޖުމްލަ އަދަދަކީ 5 މެޑެއްޔެވެ. އެހެންކަމުން ޖުމްލަ އަދަދުން ކުރިއަރުން ހޯދައިފިއެވެ. އަދި ޖުމްލަ ނަތީޖާއިންވެސް ކުރި ހޯދައިފިއެވެ. އެ ހިތްހަމަޖެހުން އޮތަސް ރަން މެޑަލް ހޯދެން އޮތް އިވެންޓްތަކެއް ގެއްލިގެން ދިއުމުގެ މާޔޫސްކަންވެސް އެބައޮތެވެ.

ބެޑްމިންޓަން ޓީމްގައި މިގޭމްސްގެ ރާއްޖޭގެ އެންމެ ކާމިޔާބު އެތްލީޓަކީ ނަބާއެވެ. އެއް ރަން މެޑެއްޔާއި ދެ ރިހި މެޑައްޔާއެކު ނަބާ ހަތަރު މެޑަލް ހޯދިއެވެ. ޑަބަލްސް މެޗަށްފަހު ނަބާ ބުނީ އައިއޯއައިޖީއަށް އައިއިރުވެސް ޑަބަލްސްއިން ގޯލްޑް ނެގޭނެކަމުގެ ވަރަށްބޮޑު އިތުބާރެއް ދެބެންނަށް އޮތް ކަމަށެވެ. ކޯޗާއެކު އެކަމަށް ވަރަށްބޮޑަށް މަސައްކަތްވެސް ކުރި ކަމަށާއި ކުރިން ނުނެގުނު ޑަބަލްސް މެޑަލް ލިބުމުން ވަރަށްބޮޑު އުފަލެއް ލިބިއްޖެކަމަށެވެ.

އޯޕަންސް ފިރިހެން ސިންގަލްސްގައި މޮރިޝަސް ކުޅުންތެރިންގެ އިތުރުން ސްޓޭޖް ހިއްސާކުރި ހަމައެކަނި ކުޅުންތެރިޔާ ނިބާލް ބުނީ ރަން މެޑަލް ނުލިބުމުގެ މާޔޫސްކަން އޮތަސް ޖުމްލަ ނަތީޖާއާ މެދު ހިތްހަމަޖެހޭކަމަށެވެ. އަދި މިފަހަރުގެ ނަތީޖާ މިއަށްވުރެ ރަނގަޅު ކުރެވޭނެކަމަށެވެ. ނަބާއާއެކު ހޯދި މިކްސް ޑަބަލްސް މެޑެއްޔާއެކު ގޭމްސްގައި ދެ މެޑަލް ހޯދި ޒަޔާންވެސް ބުނީ ހަމައެކަނި މާޔޫސްކަމަކީ ރަން މެޑަލް ގެއްލުން ކަމަށާއި ހުރި އުނދަގޫތަކާއެކުވެސް ޖުމްލަކޮށް ހިތްހަމަޖެހޭކަމަށެވެ. ތިން ކުލައިގެ ތިން މެޑައްޔާއެކު ބެޑްމިންޓަން ޓީމްގައި ދެން އެންމެ ކާމިޔާބު ކުޅުންތެރިއަކީ ނަބީއެވެ. ނަބީ ބުނީ ގޭމްސްއަށް އައީ ޑަބަލްސް މެޑަލްގެ ވަރަށް ބޮޑު ޔަޤީންކަމަކާއެކު ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މުޅި ގޭމްސްއަށް ބަލާއިރު ތިނެއް ނޫނީ ހަތަރު ރަން މެޑަލް ހޯދުމުގެ ފުރުޞަތު ލިބި ގެއްލުނު ކަމަށެވެ. އެހެންނަމަވެސް މެޗެއްގައި ކަންކަން ދިމާވާނީ އެކިފަހަރު އެކިގޮތަށް ކަމަށާއި, ކަންދިމާވިގޮތުން އެކަހަލަ ބައެއް ފުރުޞަތުތައް ފުރޮޅާނުލެވިގެން އެންމެ ރަން މެޑެއްޔަކުން ފުއްދާލަން ޖެހުނީ ކަމަށެވެ. އެކަމަކު މޫސައަށްވެސް އޮތް ހިތްހަމަޖެހުމަކީ އުއްމީދުކުރިވަރަށްވުރެ ޓީމުން ހޯދި މެޑަލްގެ އަދަދު އިތުރުވުމެވެ.

މިފަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ވެފައިވަނީ ދެވަނަ އަށް އެންމެ ގިނަ މެޑަލް ރާއްޖެއަށް ހޯދައިދިން ކުޅިވަރަށެވެ. އެއީ ހަތް މެޑެއްޔާއެކުއެވެ. އެންމެ ގިނަ މެޑަލް ހޯދައިދިން ޓޭބަލް ޓެނިހުގެ ޖުމްލައަކީ ނުވައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު