Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އިއްތިފާގު

ވައިނަލްޑަމް އަލް އިއްތިފާގަށް ސޮއިކޮށްފި

3 ސެޕްޓެމްބަރު 2023 | އާދީއްތަ 05:07

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް އިއްތިހާދާއެކު ވައިނަލްޑަމް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 05:07
އަލް އިއްތިފާގުގެ އެއްބަސްްވުމުގައި ވައިނަލްޑަމް ސޮއިކުރަނީ

އަލް އިއްތިފާގުގެ އެއްބަސްްވުމުގައި ވައިނަލްޑަމް ސޮއިކުރަނީ

ރޯމާ އަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށް ސޮއި ކޮށްފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ރޯމާ އަށް ކުޅެމުން އައީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ރޯމާ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ޕީއެސްޖީ އާއެކު ވައިނަލްޑަމް ހަދާފައިވާ ދާއިމީ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ޕީއެސްޖީގެ އައު ކޯޗު ލުއިސް އެންރީކޭގެ ޕްލޭންގައި ވައިނަލްޑަމް އަކީ މުހިންމު ކުޅުންތެެރިޔެއް ނޫނެެވެ. އެހެންކަމުން ޕީއެސްޖީން ބޭނުންވީ ވެސް އޭނާ ދޫކޮށްލުމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް އިއްތިހާދާއެކު ވައިނަލްޑަމް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭނާ ހޯދުމަށް އަލް އިއްތިފާހުން 10 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވައިނަލްޑަމް އަލް އިއްތިފާގަށް ސޮއި ކުރީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން ޕީއެސްވީ އަދި އަޔެކްސް އިން ވެސް ފާޅުކޮށްފައި ވަނިކޮށެވެ. ވައިނަލްޑަމް ހޯދުމަށް އެންމެ ބޮޑަށް ބާރު އެޅީ އަލް އިއްތިފާގުގެ ކޯޗު ސްޓީވެން ޖެރާޑް އެވެ. ޖެރާޑާއި ވައިނަލްޑަމް ވަނީ އެކުގައި ލިވަޕޫލަށް ކުޅެފަ އެވެ. އޭގެ އިތުރުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް އަންނަނީ އަލް އިއްތިފާގަށް ކުޅެމުންނެވެ.

ފެޔެނޫޑް އިން ސީނިއާ ކެރިއަރު ފެށި ވައިނަލްޑަމް ވަނީ، ޕީއެސްވީ، ނިއުކާސަލް ޔުނައިޓެޑު، ލިވަޕޫލް އަދި ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ. ލިވަޕޫލުން 2016 ވަނަ އަަހަރު އޭނާ ހޯދީ ނިއުކާސަލްގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. އޭގެ ފަހުން ވައިނަލްޑަމް ވަނީ ލިވަޕޫލަށް 237 މެޗު ކުޅެދީ 22 ލަނޑު ޖަހައިފަ އެވެ. އެއަށްފަހު އޭނާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޕީއެސްޖީގައި އޭނާ ވަނީ 38 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. ރޯމާ އަށް އޭނާ ވަނީ 23 މެޗުން ދެ ލަނޑު ޖަހައިދީފަ އެވެ.

ވައިނަލްޑަމް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ނެދަލެންޑްސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 90 މެޗު ކުޅެދީ 27 ލަނޑު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން ވައިނަލްޑަމް އަށް ވަނީ މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކުޅެވޭ ގޮތް ނުވެފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް