Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލޯނު އެއްބަސްވުމެއްގެ ދަށުން، ފެލިކްސްއާއި ކަންސޭލޯ ބާސެލޯނާއަށް

ދެ ކުޅުންތެރިންގެ އެއްބަސްވުމުގައިވެސް ދާއިމީ ގޮތެއްގައި ހޯދޭ މާއްދާ ހިމަނާފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 03:06
ބާސެލޯނާއަށް ބަދަލުވި ޕޯޗުގަލްގެ ކަންސޭލޯ އަދި ފެލިކްސް

ބާސެލޯނާއަށް ބަދަލުވި ޕޯޗުގަލްގެ ކަންސޭލޯ އަދި ފެލިކްސް | ޓްވީޓަރ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސްއާއި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

ދެ ކުޅުންތެރިން ވެސް ބާސެލޯނާއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ދެ ކުޅުންތެރިންގެ އެއްބަސްވުމުގައި ވެސް ދާއިމީ ގޮތެއްގައި ހޯދޭ މާއްދާ ހިމަނާފައެއް ނުވެއެވެ. ސަބަބަކީ ބާސެލޯނާގެ މާލީ މައްސަލަތަކާ ގުޅިގެންނެވެ. މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، ދެ ކުޅުންތެރިން އެނބުރި އެތުލެޓިކޯ އަދި ސިޓީއަށް ބަދަލުވާނެއެވެ.

ބާސެލޯނާއަށް ބަދަލުވެ ވާހަކަ ދައްކަމުން ކަންސޭލޯ ބުނީ، މިއީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައިވެސް އެންމެ އުފާވެރި އެއް ދުވަހަށް ވާނެ ކަމަށެވެ. ސަބަބަކީ ބާސެލޯނާއަކީ ކުޑައިރުން ފެށިގެންވެސް އޭނާގެ ހުވަފެނީ ކުލަބެއް ކަމަށާއި، އެ ކުލަބުގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ލިބުމުން ކަމަށްވެސް ކަންސޭލޯ ވަނީ ބުނެފައެވެ. ކަންސޭލޯގެ އިތުރުން ފެލިކްސްވެސް ބުނީ، ބާސެލޯނާއަކީ އޭނާ އަބަދުވެސް ވަރަށް ގަޔާވާ، އަދި ކުޅޭ ހިތްވާ ކުލަބެއް ކަމަށެވެ. އޭނާ ބުނީ، ބޭނުންވަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި، ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަަށް ކަމަށެވެ.

އައު ސީޒަނަށް ބާސެލޯނާއިން ވަނީ ސިޓީގެ ކެޕްޓަން އިލްކާއީ ގުންޑޮގާންގެ ސޮއިވެސް ހޯދާފައެވެ. ބާސެލޯނާއިން ވަނީ ޓްރާންސްފަރ މާކެޓުގައި ކުލަބު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އައު ކުޅުންތެރިން ގެނައުމަށް، އެ ކުލަބުން ވަނީ ބައެއް ކުޅުންތެރިން ދޫވެސްކޮށްލާފައެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2018

ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި

12 އޯގަސްޓު 2018
ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި
20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
10 ނޮވެމްބަރު 2017

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް

10 ނޮވެމްބަރު 2017
ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް
29 އޯގަސްޓު 2017

ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި

29 އޯގަސްޓު 2017
ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު