Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ.މުއިއްޒަށް ފާޑުވިދާޅުވުން

މާރިޔާގެ ގިނަ ސުވާލުތަކެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒަށް އަމާޒު ކުރައްވައިފި

މާލޭގައި ދިރިއުޅޭ މީހުން ފަތަން ރަސްފަންނު ސަރަހައްދުގައި ނަޖިސް ފެންގަނޑެއް ހެދީ ކާކުތޯ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 18:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގިނަ ސުވާލުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ޑރ. މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ އުފާވެރި މާލެ ޖަލްސާގައި މާރިޔާ ވަނީ މުއިއްޒަށް އަމާޒުކުރައްވާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމަނާ ކުރެއްވި ސުވާލުތަކަކީ މާލޭގައި ދިރިއުޅޭ މީހުން ފަތަން ރަސްފަންނު ސަރަހައްދުގައި ނަޖިސް ފެންގަނޑެއް ހެދީ ކާކުތޯއާއި، އެތައް ވަރަކަށް މީހުން ކިޔަކިޔާ ތިއްބާ މޮޅު އިންޖިނޭރެކޭ ބުނެ މާލޭގެ ދެކުނު ފަރާތުގައި ނެރެއް ކަނޑާ މަތިމައްޗަށް އެ ހިންގި އެކްސިޑެންޓްތަކާއި ރައްޔިތުންނަށާއި، އެމީހުންގެ އަގުބޮޑު މުދަލަށް ވީ ގެއްލުމަށް ޒިންމާވާންޖެހޭނީ ކާކުތޯއާއި، ގުޅިފަޅުގައި އެޅި ފްލެޓްތަކުގެ އަހުލުވެރިން ކޯޓު އަމުރަކާ ނުލައި އެސްއޯ ފުލުހުން ލައްވާ ގަދަކަމުން ބޭލީ ކާކުތޯއާއި، ބޮޑުއަގު ދީފައި ގެނައީ ބޭނުންނުކުރެވޭ މަހާޖައްރާފަށް ޒިންމާނަގަންޖެހޭނީ ކާކުތޯއާއި، މާލޭގެ ޕާކިންއަށް ހައްލެކޭ ބުނެ، ބޮޑު އަގުގައި ގެނައި ބާ ދަގަނޑުގެ ގޮތުގައި ވެސް ބޭނުންނުކުރެވޭ އަގުބޮޑު ލިފްޓުތަކަށް ޒިންމާވާންޖެހޭނީ ކާކުތޯއާއި، އެންމެ ޒަމާނީ ހައުސިން ކަމަށް ބުނެ، ރައްޔިތުންނަށް ހުވަފެން ދައްކާ 600 އަކަފޫޓު ހަމަނުވާ ފްލެޓް ނުއަގުގައި އަޅައި، އެއިން ކޮންމެ ޓަވަރެއްގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އެންމެ ތިން ހަތަރު ފްލެޓް ދިނީ ކާކުތޯ އަދި އިސްލާމީ މަރުކަޒުގައި ޖެހި މާބުލް ކަމަށް ބުނެ، ޖެހި ޓައިލްތަކުން އެތައް ބަޔަކަށް ހާނިއްކަވަމުން އަޅާނުލާ ދުވަސްކޮޅެއްފަހުން އެތަނުގައި ރެދުލައި ހަލާކުވުމުން އެއީ ފެންވަރު ދަށް ޓައިލްކަމަށް ބުނެ ދެވަނަ ފަހަރަށް ބޮޑު އަގުގައި ޓައިލްޖެހީ ކާކުތޯ ކަމަށް އައްސަވާފައިވެއެވެ.

މިސަރުކާރަށް އަމާޒުކުރައްވައި މާރިޔާ ވިދާޅުވީ ތާހިރު ދިރިއުޅުން ޖަޒީރާ ރާއްޖެ، އުފާވެރި އާމާން ރާއްޖެ މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވޯޓު ހޯއްދަވަން ބޭނުންފުޅު ކުރައްވާ ހަމައެކަނި ސްލޯގަންތަކެއް ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވީ 9 ސެޕްޓެންބަރުގައި ވޯޓުލާއިރު ރައްޔިތުންނަށް ދެގޮތެއް އިހުތިޔާރު ކުރެވިދާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ހުދުމުހުތާރުކަމާއި، އަނިޔާވެރިކަމާއި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި މަޖިލިސް ބަންދުކޮށް، މަޖިލިސް މެންބަރުކަން ގެއްލުވާލައި، އެތައް ހާސް ރަައްޔިތެއްގެ އަޑު ކަނޑުވާލައި އުއްތަމަފަނޑިޔާރާއި، ސުޕްރިކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ރައްޔިތުންގެ މައްޗަށް ވެރިވެގަންނާނެ ވެރިއެއްތޯ މާރިޔާ ސުވާލުކުރެއްވިއެވެ. ނުވަތަ ހުލުގުހެޔޮ އޯގާތެރި ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ރައްޔިތުންގެ ތަކުލީފުތަކަށް ތަސައްލީއެއް ގެނެސްދޭނެ ވެރިއެއްތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއިން ފެންނަމުންދާ މަންޒަރުތަކުން މިއަދު ރައްޔިތުން ބޭނުންވާނީ އޯގާތެރި ހެޔޮވެރިކަމެއް ކަމެއްކަން ސާފުވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައި މާރިޔާ ވިދާޅުވީ މުސްތަގުބަލަށް ވިސްނުމަށްފަހު ވޯޓުލާން ޖެހޭ ކަމަށެވެ. އަދި ރިޝްވަތުގެ ފައިސާފޮއްޗަކަށް ވޯޓު ވިއްކާނުލުމަށް ވެސް މާރިޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު