Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

މާލެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅުތަކަށް އިންތިޚާބާއި ގުޅޭ ތަކެތި ފޮނުވައިފި

1 ސެޕްޓެމްބަރު 2023 | ހުކުރު 01:37

މިފަހަރުގެ އިންތިޚާބުގައި 574 ވޯޓު ފޮށި ބަހައްޓާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ސެޕްޓެމްބަރު 2023 | ހުކުރު 01:37
ވޯޓު ފޮށިތައް އަތޮޅުތަކަށް ފޮނުވުން

ވޯޓު ފޮށިތައް އަތޮޅުތަކަށް ފޮނުވުން

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި މާލެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ފޮނުވާ ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ން ބުނެފިއެވެ.

އެކަމާއި ގުޅޭގޮތުން އީސީގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ސެކިޔުރިޓީ ސާމާނު ހިފައިގެން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ދިވެހިފުލުހުންގެ އެހީތެރިކަމާއެކު ދެކުނުގެ އަތޮޅުތަކަށް ބުރާސްފަތި ދުވަހުގެ ހެނދުނު ފުރާފައިވާކަމަށެވެ. މިއާއެކު މާލެއަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާ ނިމިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މާލެ އަތޮޅަށް ތަކެތި ފޮނުވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 4 ވާ ހޯމަ ދުވަހުކަމަށް ހަބީބު ވިދާޅުވިއެވެ.

އީސީން ގެންދަނީ އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.

އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވާފައިވާއިރު އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ފުލުހުންވެސް ބުދަ ދުވަހު ވަނީ އަތޮޅުތަކަށް ފުރަންފަށާފައެވެ.

މިފަހަރުގެ އިންތިޚާބުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 142 ފޮށި، ހުޅުމާލޭގައި 27 އަދި ވިލިމާލޭގައި 7 ވޯޓު ފޮއްޓެވެ. އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު, ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓައެވެ. ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އީސީން ބުނެއެވެ.

މިއަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

ރިޔާސީ އިންތިޚާބު 2023އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް