Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުންޑަން ލާލް ސައިގަލް އެވޯޑު 2023

އެމްއެސްޕީއޭ އިން ފަންނާނުންގެ އަގުވަޒަންކުރުން - ކުންޑަން ލާލް ސައިގަލް އެވޯޑު 2023 ޔޫއްޕެ އަށް

1 ސެޕްޓެމްބަރު 2023 | ހުކުރު 00:42

އެމްއެސްޕީއޭއިން ވަނީ ފަންނާނުންގެ އަގު ވަޒަންކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ސެޕްޓެމްބަރު 2023 | ހުކުރު 00:42
ކުންޑަން ލާލް ސައިގަލް އެވޯޑު 2023 ޔޫއްޕެއަށް ވަނީ ލިބިފައި

ކުންޑަން ލާލް ސައިގަލް އެވޯޑު 2023 ޔޫއްޕެއަށް ވަނީ ލިބިފައި

ކުންޑަން ލާލް ސައިގަލް އެވޯޑު 2023 ދިވެހިރާއްޖޭގެ މަޝްހޫރު ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ލިބިއްޖެއެވެ.

ކުންޑަން ލާލް ސައިގަލް އެވޯޑަކީ އިންޑިއާ އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލު ކުންޑަން ލާލް ސައިގަލްގެ ހަނދާނުގައި ދެމުންދާ އެވޯޑެކެވެ.

Advertisement - newsAdvertisement

އޮލިމްޕަހުގެ ބެކް ސްޓޭޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންޑަން ލާލް ސައިގަލް އެވޯޑް ޔޫސުފް ޝަފީއުއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއަށް ޔުމްނާ މަޢުމޫންއެވެ. މި ހަފްލާގައި ޔޫސުފް ޝަފީއުއަށް ޚާއްސަ ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ. އެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެމްއެސްޕީއޭގެ ވައިސް ޗެއަރމަން އަޙުމަދު ވަހީދެވެ. އަދި އޭނާ އަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެސްޕީއޭގެ ޗެއަރމަން މުހައްމަދު ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޔުމްނާ ވަނީ އެމްއެސްޕީއޭގެ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އެމްއެސްޕީއޭ ފަދަ އަމިއްލަ ފަރާތްތަކާއި ގުޅިގެން ފަންނާނުން ކުރިއެރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުންޑަން ލާލް ސައިގަލް އެވޯޑް ލިބުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މި އެވޯޑު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ފަންނާނުން އެހެން މީހުންނަށް ތައާރަފުކޮށްދީ، ރާއްޖެއިން ބޭރަށް ދިވެހި ފަންނާނުންގެ މަސައްކަތްތައް ގެންގޮސްދިނުމަށް އެމްއެސްޕީއޭން ކުރާ މަސައްކަތަށްޓަކައި އެނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފަންނާނުން ލޮތްބާއެކު ކުރާ މަސައްކަތް ރަނގަޅު ނިޔަތުގައި އާއްމުންނަށް ފޯރުކޮށްދޭން އެމްއެސްޕީއޭ އިން މަސައްކަތްކުރާތީ އެކަމަށް ވެސް ޔޫސުފް ޝަފީއު ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ރަސްމިއްޔާތުގައި އެމްއެސްޕީއޭން ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންގެ އަގު ވަޒަންކޮށްފައެވެ. އެގޮތުން އިންޓަރނޭޝަނަލް އެވޯޑް ފޯ ވޯކިން ވުމެން އަށް ނޮމިނޭޓް ކުރުމުން އެ އެވޯޑު ލިބިފައިވާތީ ބަތަލާ އައިޝަތު ރިޝްމީގެ ކާމިޔާބީ ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް އިން ސްޕެޝަލް އެވޯޑު ކެޓަރީ އަށް އެމްއެސްޕީއޭގެ ފަރާތުން ނޮމިނޭޓް ކުރުމުން، އަހުމަދު ނިމާލަށް ވަނީ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ފޯރ މޯލްޑިވްސް ފިލްމް އިންޑަސްޓްރީ އެވޯޑު ލިބިފައެވެ. އެކަން ފާހަގަކޮށް ނިމާލަށް އެމްއެސްޕީއޭ އިން ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.

މީގެއިތުރުން ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި ޝޯޓް ފިލްމް ކެޓަގަރީން، "ކުރު ފިނި ހަޔާތް" ފިލްމަށް ބެސްޓް ފިލްމް ލިބިފައިވާތީ ފިލްމް ޕްރޮޑިއުސްކުރި ފަރާތަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. މިއީ ރާއްޖެޓީވީގެ ފަރާތުން ޕްރޮޑިއުސްކޮށް، މަޝްހޫރު ބަތަލް އަދި ޑައިރެކްޓަރު ރަވީ ފާރޫޤު ލިޔެ، ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމެކެވެ.

މީގެ އިތުރުން އެކްޓަރުންނާއި އެޑިޓަރުން، ސައުންޑް، ލައިޓް އަދި އެ ނޫނަސް އެކި ދާއިރާތަކުން ފިލްމް އުފެއްދުމުގައި މަސައްކަތް ކުރާ މީހުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

އެމްއެސްޕީއޭ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2023

ރާއްޖެޓީވީން ޕްރޮޑިއުސްކުރި "ހަޔާތް" ފިލްމަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާތީ އެމްއެސްޕީއޭ އިން އަގުވަޒަންކޮށްފި

01 ސެޕްޓެމްބަރު 2023
ރާއްޖެޓީވީން ޕްރޮޑިއުސްކުރި "ހަޔާތް" ފިލްމަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާތީ އެމްއެސްޕީއޭ އިން އަގުވަޒަންކޮށްފި
14 އޮކްޓޯބަރު 2017

ރައްޔިތުންނަކީ ބޭނުންހާ ގޮތެއް ހަދަން ތިބި ޖަނަވާރުންނެއް ނޫން: ތޮލާލް

14 އޮކްޓޯބަރު 2017
ރައްޔިތުންނަކީ ބޭނުންހާ ގޮތެއް ހަދަން ތިބި ޖަނަވާރުންނެއް ނޫން: ތޮލާލް
11 އޮކްޓޯބަރު 2017

ބްރޯޑްކޮމް އިން ދަނީ މިނިވަން މީޑިޔާއަށް ހުރަސްއަޅަމުން: ތޮލާލް

11 އޮކްޓޯބަރު 2017
ބްރޯޑްކޮމް އިން ދަނީ މިނިވަން މީޑިޔާއަށް ހުރަސްއަޅަމުން: ތޮލާލް
01 އޯގަސްޓު 2017

ޔާމީން މަރާލުމުގެ އަޑީގައި ތިބި ބަޔަކު ނުހޯދެނީސް އިންސާފު ލިބުނުކަމަކަށް ގަބޫލެއް ނުކުރަން: ތޮލާލް

01 އޯގަސްޓު 2017
ޔާމީން މަރާލުމުގެ އަޑީގައި ތިބި ބަޔަކު ނުހޯދެނީސް އިންސާފު ލިބުނުކަމަކަށް ގަބޫލެއް ނުކުރަން: ތޮލާލް
12 ޖުލައި 2017

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް

12 ޖުލައި 2017
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް
09 ޖުލައި 2017

ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ރަގަޅަށްދާކަމަށް ގަބޫލެއް ނުކުރެވޭ: ތޮލާލް

09 ޖުލައި 2017
ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ރަގަޅަށްދާކަމަށް ގަބޫލެއް ނުކުރެވޭ: ތޮލާލް
12 ޖޫން 2017

ސޯޝަލް މީޑިއާގައި އިންޒާރުދިނުން މިހާރު މައްސަލައަކަށް ނުވޭ: ތޮލާލް

12 ޖޫން 2017
ސޯޝަލް މީޑިއާގައި އިންޒާރުދިނުން މިހާރު މައްސަލައަކަށް ނުވޭ: ތޮލާލް
05 މެއި 2017

ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް

05 މެއި 2017
ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް
01 މެއި 2017

ފުލުހުން ދިވެހި ރައްޔިތުންނަށް ދޮގު ހަދައިފި: ތޮލާލް

01 މެއި 2017
ފުލުހުން ދިވެހި ރައްޔިތުންނަށް ދޮގު ހަދައިފި: ތޮލާލް
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް