Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝިދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ރަގަޅަށްދާކަމަށް ގަބޫލެއް ނުކުރެވޭ: ތޮލާލް

9 ޖުލައި 2017 | އާދީއްތަ 13:48

ޓްރާންސްޕޭރެންސީ ރިވިއު ހާއްސަ ކުރެވިފައިވަނީ ޔާމީން ރަޝީދަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 9 ޖުލައި 2017 | އާދީއްތަ 13:48
ޔާމީން ރަޝީދާއި ގުޅޭ ޓްރާންސްޕޭރެންސީ ރިވިއު

ޔާމީން ރަޝީދާއި ގުޅޭ ޓްރާންސްޕޭރެންސީ ރިވިއު

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އެންމެ ފުރިހަމައަށް ހިނގާކަމަށް ގަބޫލު ނުކުރެވޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޓްރާންސްޕޭރެންސީ ރިވިއުގެ ތިން ވަނަ އެޑިޝަން ހާއްސަ ކުރެވިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދަށެެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދު މަރާލާފައިވަނީ، ޓްރާންސްޕޭރެންސީގެ ތިން ވަނަ ރިވިއުގެ މަސައްކަތް ނިންމާލުމާ ގާތްވެފައިވަނިކޮށް ކަމަށާއި އެހެން ނަމަވެސް ޔާމީންގެ މަރާއި ގުޅިގެން، ޓްރާންސްޕޭރެންސީގެ ރިވިއު އޭނާއަށް ހާއްސަކުރަން ނިންމީ ކަމަށެވެ.

ތޮލާލް ވިދާޅުވީ، މިފޮތުގައި ޔާމީން ރަޝީދުގެ ބައެއް ލިޔުންތަކާއި އޭނާގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުންގެ ލިޔުންތައް ހިމެނިފައިވާނެ ކަމަށެެވެ.

އިނގިރޭސި ބަހުން ނެރެފައިވާ މި ރިވިއުގައި ޕޮޔަމްތައް ވެސް ވަނީ ހިމެނިފަ އެވެ.

ތޮތާލް ވަނީ ޔާމީންގެ މަރަށް ގާތްގަނޑަކަށް ތިން މަސްވާން ކައިރިވެފައިވާއިރު އެންމެ އެދެވޭ ގޮތަށް ތަހުގީގުގެ ކަންކަން ކުރަމުންދާކަމަށް ގަބޫލު ނުކުރާކަމަށް ވިދާޅުވެފަ އެވެ.

" ޔާމީން މަރުވުމާ ގުޅިގެން ސަރުކާރުގެ ރެސްޕޮންސް އައި ގޮތުން ވަރަށް ބޮޑަށް ހަމަ ޔާމީން މަރުވީ ޔާމީން ކުރާ މަސައްކަތުގެ ސަބަބުން ކަމާއި ވަރަށް ބޮޑަށް މަރުގެ ޒިންމާ ޔާމީންގެ ބޮލުގައި އެޅިގެންދާގޮތަށް ވާހަކަތައް ދެކެވިގެންދިޔަ.. ސޯޝަލް މީޑިޔާގައި އެހެން މީހުންވެސް ހަމަ އެ ވިސްނުން ފޮލޯ ކުރަމުންދިޔަތަން ފެނުނީ ." ތޮލާލް ވިދާޅުވި އެވެ.

ޔާމީން ރަޝީދު އިންސާނީ ހައްގުތަކަށްޓަކާއި ދެއްކި ވާހަކަތަކަކީ އޭނާ މަރުވާންޖެހޭނެ ސަބަބެއްގެ ގޮތުގައި ދޭހަވާ ގޮތަށް ސަރުކާރުން ވާހަކަތައް ދެކެވިގެންދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން މިކަމަކީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ތިބި މަންދޫބުން ގަބޫލު ނުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހެޅި 800 ލިޔުމެއް ބަލައިނުގަނެ ކަންކަން ކުރެވިގެންދިޔައީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އެކަން އިންސާފުވެރިގޮތަކަށް ނިމިގެންދިއުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށާއި އެހެންނަމަވެސް މި މައްސަލައިގައި ފުލުުހުން ވާހަކަދައްކާލެއް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

" އެންމެ ފަހުންވެސް ފެނިގެންދިޔައީ މިފަދަ ބޮޑު ކަމަކާ ގުޅިގެން ފުލުހުން ބަޔާނެއް ނެރުނުތަން. އޭގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވާހަކަ ދައްކާ ޖަވާބުދާރީވާތަނެއް ފެނިގެން ނުދޭ. އެކަން ކުރި މީހުން އެނގެން ބޭނުންވޭ. އެކަމަކު އެޔާއެކު މިކަން ކުރި މީހަކު ނޭނގޭހާ ހިދަކު އެކަން އަމަލީގޮތުން ކުރި ބަޔަކު ހޯދައިގެން މިކަމުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން." ތޮލާލް ވިދާޅުވި އެވެ.

މި ހަފްލާގައި ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދު ވަނީ، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީ ރިވިއުގައި ހުރި ބައެއް ލިޔުންތައް ބައެއް ފަރާތްތަކުން ވަނީ ކިޔައިދީފަ އެވެ.

މި ރަސްމިޔާތުގައި ޔާމީން ރަޝީދުގެ އާއިލާގެ ފަރާތްތަކުގެ އިތުރަށް ވަގަށް ނެގި ނޫސްވެރިޔާ ރިލްވާން އަހްމަދުގެ އާއިލާގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް