Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤައުމީ ދާރުލްއާސާރު އާންމުންނަށް ހުޅުވާލުން

ބީއެމްއެލްގެ އެހީގައި ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފި

ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15ން މެންދުރުފަހު 15:30ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:17
ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްފަހު އާއްމުންނަށް ހުޅުވާލުން

ޤައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްފަހު އާއްމުންނަށް ހުޅުވާލުން

ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް، ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތް ޤާއިމްކުރުމަށް ކުރެވުނު މަސައްކަތައްފަހު، ބުރާސްފަތި ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލައިފިއެވެ.

ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށެވެ. ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް، ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތް ޤާއިމްކުރުމަށް ކުރެވުނު މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދައުލަތާއި އަދި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެން ކުރެވުނު މަސައްކަތްތަކެކެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގައި ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީގެ ދަށުން ދާރުލްއާސާރުގައި ބޭނުންކުރުމަށް އައު ޝޯކޭސްތައް ބެހެއްޓުމާއި ދާރުލްއާސާރުގައި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި ދާރުލްއާސާރުގެ އާބާތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކުރެވިފައެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެ ކުންފުނީގެ ސީ.އެސް.އާރްގެ ދަށުން މި މަޝްރޫޢުއަށް ދެއްވާފައިވަނީ 2،000،000 (ދެ މިލިއަން) ރުފިޔާގެ ގްރާންޓެކެވެ.

މި މަޝްރޫޢުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވަރކެއް ޤާއިމްކުރެވިފައިވެއެވެ. މި ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4،742،993.71 (ހަތަރު މިލިއަން ހަތް ލައްކަ ސާޅީސް ދެ ހާސް ނުވަސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ އެއް ލާރި) ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން ދާރުލްއާސާރުގެ ތަރައްޤީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185،955.01 (އެއް ލައްކަ އައްޑިހަ ފަސް ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ރުފިޔާ އެއް ލާރި) ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.

ޤައުމީ ދާރުލްއާސާރު އަދިވެސް އިތުރަށް ތަރައްޤީކޮށް، ޚިދުމަތްތައް އިތުރުކުރުމަށް ރޭވިފައިވާއިރު، މި ފަހަރު މި ކުރެވުނު މަސައްކަތަށްފަހު ދާރުލްއާސާރު ހުޅުވިގެންދާއިރު ކުރިން ދާރުލްއާސާރުގައި މައުރަޒު ކުރެވިފައިވާ ނުވާ އައު ބައެއް އާސާރުތައްވެސް ވަނީ މައުރަޒުކުރެވިފައެވެ.

ގައުމީ ދާރުލް އާސާރު ބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު