Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމްޕްލެއިންޓްސް ބިއުރޯތައް ގާއިމުކުރުން

ރިޔާސީ އިންތިޚާބާގުޅޭ ޝަކުވާ ހުށަހެޅުމަށް އަތޮޅުތަކުގަޔާއި ސިޓީތަކުގައި ކޮމްޕްލެއިންޓްސް ބިއުރޯތައް ޤާއިމްކޮށްފި

ބިއުރޯތަކަށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 15:00ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:05
ދަރުބާރުގޭގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒު

ދަރުބާރުގޭގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒު

ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް، އަތޮޅު / ސިޓީ ކޮމްޕްލައިންޓްސް ބިއުރޯތަށް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަމަޖައްސައިފިއެވެ.

އެކަމާއި ގުޅިގެން އީސީން ބުނީ އަތޮޅު / ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅާ ޝަކުވާތައް ބަލައިގަންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށްކަމަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

Advertisement - newsAdvertisement

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓްތަކުންނެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެއެވެ.

އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު އިންތިޚާބާއި ގުޅިގެން ހިންގާ ކޮރަޕްޝަނާއި ގުޅުންހުރި ކަންކަމުގެ މައްސަލަތައް ހުށަހެޅުމުގެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު