Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުުޓީއެލް

ހުވަދު އަތޮޅުގައި ރަސްމީކޮށް އާރުޓީއެލްގެ ޚިދުމަތް ފަށައިފި

6 ސްޕީޑް ފެރީ މެދުވެރިކޮށް، 9 ރޫޓަކުން ޚިދުމަތް ލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޯގަސްޓު 2023 | ބުދަ 14:38
ރައީސް ސާލިހް އާރުޓީއެލް ފެރީގައި ދަތުރުފުޅުކުރައްވަނީ

ރައީސް ސާލިހް އާރުޓީއެލް ފެރީގައި ދަތުރުފުޅުކުރައްވަނީ

ހައި ސްޕީޑް ފެރީ ވިއުގައަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް ޒޯން 5ގައި ހިމެނޭ ގއ އަދި ގދ އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިކަމަށްޓަކައި ގދ. ތިނަދޫގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަތެވެ. މިހާތަނަށް ހުވަދު އަތޮޅުގައި 10،000ށްވުރެ ގިނަ މީހުން ވަނީ އާރުޓީއެލް ފެރީގެ ޚިދުމަތް ހޯދާފައެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމުން، އަތޮޅުގެ ރައްޔިތުން ވަނީ އެކަމާ ގުޅިގެން ރައީސަށް ފަރިވަޅެއްވެސް އަރުވާފައެވެ.

ޒޯން 5ގެ ގއ އަދި ގދ އަތޮޅުގެ އާރުޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑްގެ 6 ސްޕީޑް ފެރީ މެދުވެރިކޮށް 9 ރޫޓަކުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރުޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް ވެބްސައިޓު އަދި ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅު އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ވަނީ ފަށާފައިވެއެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ، އަދި ށ އަތޮޅުގައި، ދެވަނަ ފިޔަވަހީގެ ދަށުން ހުވަދު އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައިވެސް ވަނީ ޚިދުމަތް ފަށާފައެވެ. އަދި ނ، ރ، ބގައި ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 187 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އާރުޓީއެލްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްއާރްޓީއެލް އާދަމް ޢާޒިމްއެމްޓީސީސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު