Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގެބޯންގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިކަމަށް

ގެބޯންގެ އަސްކަރިއްޔާއިން ގައުމުގެ ވެރިކަން އަތުލައި، ރައީސް އަލީ ބޮންގް ގޭބަންދަށް

ގެބޯން މިވަގުތު އޮތީ އިދާރީ، ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ 'ކްރައިސިސް'އެއްގެ ތެރޭގައިކަމަށް އަސްކަރިއްޔާއިން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 13:18
ގެބޯންގެ ރައީސް އަލީ ބޮންގޯ ގޭބަންދުކޮށް، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުން

ގެބޯންގެ ރައީސް އަލީ ބޮންގޯ ގޭބަންދުކޮށް، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުން

ގެބޯންގެ ރައީސް އަލީ ބޮންގޯ ގޭ ބަންދުކޮށް، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވެއްޖެއެވެ.

ގެބޯންގެ ވެރިކަން އަތުލައި ރައީސް ބޮންގޯ ގޭބަންދުކޮށްފައި ވާކަން އެގައުމުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފައިވަނީ އަންގާރަ ދުވަހުގެ ދަންވަރު، ޓީވީ މެދުވެރިކޮށެވެ.

ގެބޯންގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިކަން އަތުލާފައި މިވަނީ އެގައުމުގެ ރިޔާސީ އިންތިޚާބު ބޮންގޯ ކާމިޔާބުކޮށް ތިންވަނަ ފަހަރަށް ބޮންގޯއަށް ވެރިކަން ލިބިފައިވާކަން އެގައުމުގެ އިންތިޚާބީ މަރުކަޒުން އިއުލާނުކޮށްފައި ވަނިކޮށެވެ.

އެގައުމުގެ ރައީސްގެ ގެކޮޅުގައި ތިބެ، ޓީވީ މެދުވެރިކޮށް ދިން ބަޔާނުގައި އަސްކަރިއްޔާގެ އޮފިޝަލުން ވަނީ އިންތިޚާބުގެ ނަތީޖާ ކެންސަލްކޮށްފައި ވާކަމަށް ބުނެފައެވެ. އަދި އެ އިންތިޚާބަކީ ދެފުށް ފެންނަ، އިތުބާރު ހިފޭ އިންތިޚާބެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. ގައުމުގެ ބޯޑަރުތައް ބަންދުކޮށް، ސަރުކާރުގެ އިދާރާތައް ވެސް އުވާލާފައި ވާކަމަށާއި، ގައުމުގެ ހުރިހާ ކަމެއްވެސް ދެން ބަލަހައްޓާނީ އަސްކަރިއްޔާއިން ކަމަށް ވަނީ ބުނެފައެވެ.

މިއޮފިސަރުން މިހާރު ވަނީ އެމީހުންނަކީ ގެބޯންގެ 'ދަ ކޮމިޓީ އޮފް ޓްރާންސިޝަން އެންޑް ދަ ރެސްޓޮރޭޝަން އޮފް އިންސްޓިޓިއުޝަންސް' ގެ މެމްބަރުކަމަށް ބުނެފައެވެ. އަދި ގެބޯން މިވަގުތު އޮތީ އިދާރީ، ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ 'ކްރައިސިސް'އެއްގެ ތެރޭގައިކަމަށް އޮފިޝަލުން ވަނީ ސިފަކޮށްފައެވެ.

އަސްކަރިއްޔާގެ ބަޔާނަށްފަހު ވެރިރަށުގައި ބަޑީގެ އަޑު އިވިފައިވާކަަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް އެގައުމުގެ މަގުތަކުގައި ހިނގާފައެއް ނުވެއެވެ.

ބުދަ ދުވަހުގެ ހެނދުނު އެތައް ސަތޭކަ އާންމުންނެއް ވަނީ އެގައުމުގެ ވެރިކަން ބަދަލުކުރެވުނުކަމުގެ އުފާ ފާޅުކުރުމަށް މަގުތައް މައްޗަށް ނުކުމެފައެވެ. ގެބޯން އަސްކަރިއްޔާގެ މި ބަޣާވާތް ކާމިޔާބުވެއްޖެނަމަ، ގެބޯން ވެގެންދާނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގައި 2020 ވަނަ އަހަރުގެ ފަހުން ބަޣާވާތަކުން ވެރިކަން ވައްޓާލި އަށްވަނަ ގައުމަށެވެ.

މިދިޔަ ޖުލައި މަހު ނައިޖަރގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ވެރިކަން ވައްޓާލައި ގައުމުގެ ވެރިކަމާ ހަވާލުވެފައެވެ. މާލީ، ބުރްކީނާ ފާސޯ، ޗާޑް އަދި ގިނީގެ އަސްކަރިއްޔާއިން ވަނީ އެގައުމުތަކުގައި ބަޣާވާތްކޮށް ގައުމުގެ ވެރިކަން އަތުލައިފައެވެ.

ގެބޯންގެ ވެރިކަމާ، ބޮންގޯ ހަވާލުވެވަޑައިގެންފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ކުރިން 1967 ވަނަ އަހަރުން ފެށިގެން އެގައުމުގައި ވެރިކަން ކުރައްވާފައިވަނީ ބޮންގޯގެ ބައްޕާފުޅު، އޮމަރެވެ.

އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮންގޯގެ އާއިލާއިން ގައުމުގެ ވެރިކަން ކުރިއިރު، ގައުމުގެ ތެޔޮވަޅުތަކުން ލިބޭ ފައިދާ އާންމުންނާ އެއްވެސް ވަރަކަށް ހިއްސާކޮށްފައި ނުވާކަމަށެވެ. ގެބޯންއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ.

އުމުރުން 64 އަހަރުގެ ބޮންގޯ އެންމެ ފަހުން ފެނިފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލެއްވުމަށް ނުކުމެ އުޅުއްވަނިކޮށެވެ. އޭގެ ފަހުން އާންމުންނަށް ބޮންގޯ ފެނިފައެއް ނުވެއެވެ.

ގެބޯންގައި ކުރިއަށް ގެންދިޔަ ބަޣާވާތަށްފަހު އެގައުމުގެ އަސްކަރިއްޔާއިން ގައުމުގެ ވެރިކަމާ ހަވާލުވުމުން، ފްރާންސްގެ އަސްކަރިއްޔާއިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ދިއުމާ ގުޅިގެން އިތުރު ސުވާލުތަކެއް ވަނީ އުފެދެން ފަށާފައެވެ. ފްރާންސް އަސްކަރިއްޔާގެ 350އެއްހާ އޮފިސަރުން ގެބޯންގައި ހަރަކާތްތެރިވަމުންދެއެވެ.

ފްރާންސްގެ ބޮޑުވަޒީރު އެލިސަބެތު ބޯރން ވަނީ އެގައުމުން ގެބޯންގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މީގެކުރިން، މާލީއާއި ބުރްކީނާ ފާސޯގައި ހިންގި ބަޣާވާތްތަކަށްފަހު އެގައުމުގެ އަސްކަރިއްޔާތަކުން ވަނީ އެގައުމުތަކުގައި ހަރަކާތްތެރިވަމުންދިޔަ ފްރާންސްގެ އަސްކަރީ އޮފިސަރުން އެގައުމުތަކުން ބަލާފައެވެ. އަދި ނައިޖަރއިންވެސް މިހާރު ވަނީ އެގައުމުން ފްރާންސާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން އުވާލާފައެވެ.

ގެބޯންގެ ހާލަތާ ގުޅިގެން، ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މިކަންތައް ސުލްހަވެރިކަމާއެކު ހައްލުކުރަން ގޮވާލާފައެވެ. އަދި ބޮންގޯގެ ރައްކާތެރިކަން ކަށަވަރުވާންޖެހޭނެ ކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާއިންވެސް ވަނީ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވީހާވެސް އަވަހަކަށް ގައުމުގެ ހާލަތު ހަމަޔަކަށް އެޅިގެންދާނެ ކަމަށް އުންމީދުކުރާކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެބޯން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެބޯން ގެ ކުރީގެ ފަސްޓް ލޭޑީ 20 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި

ގެބޯން ގެ ކުރީގެ ފަސްޓް ލޭޑީ 20 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި

12 ނޮވެމްބަރު 2025
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

ގަތަރުން އެ ގައުމުގެ ޕޮލިސީތައް ބަދަލުކުރަންޖެހޭ: ސައުދީ

07 ޖޫން 2017
ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

ދެކުނު ކޮރެއާގެ މިސައިލް ޑިފެންސް ސިސްޓަމާ ގުޅޭ ރިޕޯޓުތަކެއްގައި އެގައުމުގެ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު