Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވަޔެކާނޯ ކޮޅަށް ހަތް ލަނޑު ޖަހައިގެން އެތުލެޓިކޯ އަށް ބޮޑު މޮޅެއް

29 އޯގަސްޓު 2023 | އަންގާރަ 02:34

ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 7-0 ގެ ބޮޑު ތަފާތަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޯގަސްޓު 2023 | އަންގާރަ 02:34
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 7-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އެވެ. އެއީ ރޮޑްރިގޯ ޑިޕޯލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރީޒްމަން ޖެހި ލަނޑެކެވެ. އެތުލެޓިކޯގެ ދެ ވަނަ ލަނޑު، 16 ވަނަ މިނެޓުގައި ޖެހީ މެމްޕިސް ޑިޕާއީ އެވެ. އޭގެ ފަހުން 36 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ނަހުއެލް މޮލީނާ ޖެހީ ވެސް ޑިޕޯލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފުގައި އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ޖެހީ އަލްވާރޯ މޮރާޓާާ އެވެ. އެއީ 73 ވަނަ މިނެޓުގައި ސައުލް ނިހުއޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން 79 ވަނަ މިނެޓުގައި އެންހެލް ކޮރެއާ ވަނީ އެތުލެޓިކޯގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިފަ އެވެ. އެތުލެޓިކޯގެ ހަ ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ މޮރާޓާ އެވެ. އޭގެ ފަހުން 86 ވަނަ މިނެޓުގައި ހަތް ވަނަ ލަނޑު ޖެހީ މާކޮސް ލޮރެންޓޭ އެވެ.

މިއީ އައު ސީޒަންގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޖުމުލަ ހަތް ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ދެ ވަނައިގަ އެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ އަމިއްލަ ދަނޑުގައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
06 އޮކްޓޯބަރު 2025

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް