Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ތ. އަތޮޅަށް

ތ އަތޮޅު ރަށްތަކުގެ ބޯހިޔާވަހިކަން ޙައްލު ކޮށްދިނުމާއި އިތުރު ވައުދުފުޅުތަކެއް

ގުރައިދޫގައިވެސް ގިރާ ސަރަޙައްދު ހިމާޔަތްކޮށް، ރަށުގެ ބޮޑެތި މަގުތައް ހަދައިދިނުން ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2023 | ހޯމަ 07:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ތ އަތޮޅު ރަށްތަކުގެ ބޯހިޔާވަހިކަން ޙައްލު ކޮށްދިނުމާއި އިތުރު ވައުދުފުޅުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވެވަޑައިގެންފިއެވެ.

ތ މަޑިފުށީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށާއި، އޭރު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

Advertisement - newsAdvertisement

އެދުވަހު ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަމަޖެހުން ޤާއިމުކޮށްދެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކެމްޕޭނަށް ވަޑައިގަންނަވާ ހުރިހާ ރަށަކުންވެސް ފެންނަމުންދަނީ އުފާވެރި މަންޒަރެއް ކަމަށެވެ.

މަޑިފުއްޓަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އެރަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިންގ ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށާއި، ގެދޮރު އެޅުމަށް ބޭނުންވާ ލުއި ލޯނު ހޯއްދަވައިދެއްވާނެ ކަމަށެވެ.  

ކުރިއަށް އޮތް ދައުރުގައި މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގެ ތެރޭގަައި ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އޭގެ އިތުރުންވެސް އިތުރު ވައުދުފުޅުތައް ރައީސް ވަނީ މަޑިފުއްޓާއި އެ އަތޮޅު އިތުރު ރަށްރަަށަށް ވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ތ ބުރުނީގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް ފުށިފަރުގައި ރިސޯޓު ހެދުމަށް ހުޅުވާލުމާއި، އެރަށު ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ.

ބުރުނީގައިވެސް 50 ހައުސިންގ ޔުނިޓު އަޅުއްވައިދެއްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

އެ އަތޮޅު ގުރައިދޫގައިވެސް ގިރާ ސަރަޙައްދު ހިމާޔަތްކޮށް، ރަށުގެ ބޮޑެތި މަގުތައް ހަދައިދިނުމާއި، އިތުރަށް އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަައްޔިތުން އެމަނިކުފާނަށް ދެއްވާ ވޯޓަކީ ގެއްލިގެންދާނެ ވޯޓަކަށް ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުތ އަތޮޅު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު