Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ފޮއްޓެއްގައި ރޯކޮށްލުން

ސްޓެލްކޯގެ ކަރަންޓު ފޮއްޓެއްގައި ރޯކޮށްލި މައްސަލަ: ދައުވާލިބޭ މީހުން ބޭނުންވަނީ އިއުތިރާފު އެއްބަސްވުމެއް ހަދަން

28 އޯގަސްޓު 2023 | ހޯމަ 05:33

ރޯކޮށްލާފައިވަނީ މާލެ ފާށަނާކިލެގެ މަގުގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަންގެ ފޮއްޓެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2023 | ހޯމަ 05:33
ސްޓެލްކޯއިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލަ

ސްޓެލްކޯއިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލަ

ސްޓެލްކޯއިން ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ގދ ތިނަދޫ ސަކީނާ މަންޒިލް އިބްރާހިމް ނާޝިދާއި، ހއ ދިއްދޫ ޝަރުމީމަންޒިލް މުޙައްމަދު އަރީފުގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ނާޝިދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާކޮށްފައިވަނީ 15 ފެބުރުވަރީ 2018 ދުވަހު މެންދަމު 03:00 އާއި 04:30 އާދެމެދުގެ ވަގުތެއްގައި ކ.މާލެ ފާށަނާކިލެގެ މަގުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަންގެ ތެރެއަށްވަދެ އެތަނުގެ އުތުރުފަރާތު ފާރުގައި ހަރުކޮށްފައިވާ ޑިސްޓްރިބިއުޝަން ފޮށީގައި އަލިފާން ރޯކޮށްލާފައިވާތީއެވެ.

މީގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

އެކަންކަމުގައި ބައިވެރިވެފައިވާތީ ހއ. ދިއްދޫ ޝަރުމީމަންޒިލް މުޙައްމަދު ޢަރީފުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ވިދާޅުވާ ގޮތުގައި މި މައްސަލައިގައި މިހާރު އޮތީ އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް ކުރަންޖެހޭ މަޝްވަރާތަކުގެ މަރުޙަލާގައެވެ.

އެހެންނަމަވެސް ދައުވާލިބޭ ފަރާތްތަކުގެ ވަކީލުންނާ ވާހަކަ ދެކެވިފައިނުވާތީ އިއުތިރާފު އެއްބަސްވުމުގެ ޝަރުތުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް އަދި ކުރެވިފައިނުވާކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވާ ދިފާއީ ވަކީލުން ވަނީ ދައުލަތާއެކު އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ. ގާޒީ ވަނީ މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވަވާނީ އިއުތިރާފު އެއްބަސްވުމާއި ގުޅޭގޮތުން ދައުލަތާއި ދިފާއުން ކުރިއަށް ގެންދާ މަޝްވަރާތަކަށްފަހުކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް