Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވިލަރެއާލް ކައިރިން ބާސެލޯނާ މޮޅުކޮށްދިނީ ލެވަންޑޯސްކީ

28 އޯގަސްޓު 2023 | ހޯމަ 03:28

ވިލަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-3 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2023 | ހޯމަ 03:28
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ވިލަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗު ފަށައިގެން ބާސެލޯނާ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވިލަރެއާލުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ކުރި ހޯދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ބާސެލޯނާ އިން ވަނީ ނަތީޖާ ހަމަހަމަކޮށް، އިތުރު ލަނޑެއް ޖަހައި މެޗުން މުހިންމު ތިން ޕޮއިންޓު ހޯދައިފަ އެވެ.

މެެޗުގައި ބާސެލޯނާ އިން ލީޑު ނެގީ 12 ވަަނަ މިނެޓުގަ އެވެ. އެއީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޕެއިންގެ ގަވީ ޖެހި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ފްރެންކީ ޑިޔޯން އެވެ. ވިލަރެއާލުން ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކުރީ 26 ވަނަ މިނެޓުގަ އެވެ. އެއީ ފޮއީތު ޖެހި ލަނޑުންނެވެ. އޭގެ ފަހުން 40 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސޯލޮތު އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިލަރެއާލަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ހޯދައިދިނީ ބޭނާ އެވެ.

ވިލަރެއާލުން ލީޑު ނެގި ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެރާން ޓޮރޭސް އެވެ. އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި 63 ވަނަ މިނެޓުގަ އެވެ. މެޗުން ބާސެލޯނާ މޮޅު ކޮށްދީ، މުހިންމު ތިން ޕޮއިންޓު ހޯދި ލަނޑު ޖަހައިދިނީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ ލަނޑު ޖެހީ 71 ވަނަ މިނެޓުގަ އެވެ. މިއީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގުގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ، މި ސީޒަނުގައި ޖެހި ފުރަތަމަ ލަނޑެވެ.

މޮޅާއެކު ބާސެލޯނާ ތިން ވަަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން މޮޅުވީއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގުގަައި ދެން ބާސެލޯނާ އަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެނިޝް ލީގުބާސެލޯނާވިޔަރެއާލްރޮބަރޓް ލެވަންޑޯސްކީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް