Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: މޮރިޝަސް ބަލިކޮށް، އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއުކޮށްފި

27 އޯގަސްޓު 2023 | އާދީއްތަ 14:27

ގައުމީ އަންހެން ޓީމުން މޮރިޝަސްގެ މައްޗަށް ކުރިހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 އޯގަސްޓު 2023 | އާދީއްތަ 14:27
މެޗުން މޮޅުވުމާއެކު، ރާއްޖޭގެ ދީމާ އުފާ ފާޅުކުރަނީ

މެޗުން މޮޅުވުމާއެކު، ރާއްޖޭގެ ދީމާ އުފާ ފާޅުކުރަނީ

ފައިނަލުގައި މޮރިޝަސް ބަލިކޮށް، ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ރަން މެޑަލް ދިފާއުކޮށްފިއެވެ.

ގައުމީ އަންހެން ޓީމުން މޮރިޝަސްގެ މައްޗަށް ކުރިހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު، މިއަހަރުގެ ގޭމްސްގައި ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިން ޓީމަކަށް ވެފައިވަނީ އަންހެން ޓީޓީ ޓީމެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައިވެސް ރާއްޖެއިން ރަން މެޑަލް ހޯދާފައިވަނީ ފައިނަލުގައި މޮރިޝަސް ބަލިކުރުމަށްފަހުއެވެ.

ރާއްޖެއިން މީގެކުރިން ކުޅެފައިވާ މެޗުތަކާ ޚިލާފަށް، ފުރަތަމަ ގޭމުގައި ކުޅެފައިވަނީ އައިޝަތު ރަފާ ނާޒިމް އެވެ. މީގެ ކުރިން ކުޅުނު މެޗުތަކުގައި ފުރަތަމަ ފަށާފައިވަނީ ފާތިމަތު ދީމާ އަލީ އެވެ. ފުރަތަމަ ގޭމުގައި ރަފާ ވަނީ ސީދާ ތިން ސެޓުން މޮރިޝަސްގެ ޖަލިމް ބަލިކޮށްފައެވެ. ރަފާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-8، 12-10 އަދި 11-6 އިންނެވެ.

ދެވަނަ ގޭމުގައި ދީމާ ވަނީ 3-1 ން ހޮސެނެއްލީ ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 11-6 ން މޮރިޝަސް ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވީނަމަވެސް، ދީމާ ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. ދީމާ ސެޓުތައް ކާމިޔާބުކުރީ 11-6، 11-9 އަދި 11-2 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ދީމާ އަތުން ސެޓެއް ގެއްލިފައިވަނީ ހަމައެކަނި މި ގޭމުންނެވެ.

ފައިނަލް މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ އިސްމާއިލް ވަނީ މޮރިޝަސްގެ ކިނޫ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. ފުރަތަމަ ދެ ސެޓު 11-8 ން ކިނޫ ކާމިޔާބުކޮށްފައިވާއިރު، ތިންވަނަ ސެޓު 11-7ން ކާމިޔާބުކޮށްފައިވަނީ ލައިސާ އެވެ. ނަމަވެސް، މޮރިޝަސްގެ ކުޅުންތެރިޔާ ވަނީ ހަތަރުވަނަ ސެޓު 11-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ހަތަރުވަނަ ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ ދީމާއެވެ. މޮރިޝަސް އިން ކުޅެން ނިކުތީ ފުރަތަމަ ގޭމުގައިި ރަފާ އަތުން ބަލިވި ޖަލިމް އެވެ. ދީމާ ވަނީ ހަތަރުވަނަ ގޭމު ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. ދީމާ ސެޓުތައް ކާމިޔާބުކުރީ 11-5، 11-4 އަދި 11-8 އިންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މިއަހަރުވެސް ރަން މެޑަލް ހޯދާފައިވާއިރު، މިއީ އައިއޯއައިޖީ ގައި ރާއްޖެއިން އެންމެ ކާމިޔާބު އެއް ޓީމެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ކުރިއަށްދިޔަ އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް