Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2023

ތަރުހީބެއް ނެތަސް އިންތިޚާބުގައި ވާދަކުރައްވަނީ ދެވަނަ ބުރެއްގައި ބައި އަޅަން ތައްޔާރުވެވަޑައިގެން!

ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިނުގަންނަވާނެކަން ޔަގީންވާ ކެންޑިޑޭޓުން އެބަތިއްބެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2023 | އާދީއްތަ 13:27
ސިޔާސީ ޕޯޑިއަމެއްގައި މީހަކު ވާހަކަދައްކަނީ

ސިޔާސީ ޕޯޑިއަމެއްގައި މީހަކު ވާހަކަދައްކަނީ

ގައުމެއްގެ އެންމެ އިސް ވެރިޔާ ހޮވަން ބާއްވާ އިންތިޚާބު ވެގެންދާނީ ކޮންމެ ގައުމަކަށް ވެސް އެންމެ މުހިންމު އިންތިޚާބަށެވެ. މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގެން ރައްޔިތުން ބޭނުންވާނެއެވެ. މިފަދަ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ ވެސް އެ ކެންޑިޑޭޓެއްގެ މަގުބޫލުކަން ކުޑަކޮށް ނަމަވެސް ގައުމުގައި އިތުރުވެގެންދާ ކަމެކެވެ. މީގެ ފައިދާ ބައެއް ސިޔާސީ ފަރާތްތަކުން ނަގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އައު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް މީގެ ތެރެއިން ގިނަ މީހުންގެ ނަމެއް ރާއްޖޭގެ ރަށްރަށުން އަޑެއް ނީވެއެވެ. ރަށްރަށަށް ކެންޑިޑޭޓުން މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުން ވެސް އެކަން ހާމައެވެ. މާލޭގައި ބެނާތަކެއް އަދި ޕޯސްޓަރުތަކެއް ހުރި ނަމަވެސް، ވާދަކުރައްވާ ބޭފުޅާގެ ނަން ނޭނގޭ އެތައް ބަޔަކުވެސް އެބަތިއްބެވެ. މިހާލަތުގައިވެސް އެހާ މުހިންމު އިންތިޚާބެއްގައި ވާދަކުރަނީ ކީއްވެ ކަމާމެދު ސުވާލު އުފެދެއެވެ.

ތެދެކެވެ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެއެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް އަންނާނީ އެއްވަރުގެ މަގުބޫލު ކެންޑިޑޭޓުންގެ މެދުގައި ނަގާ ވޯޓެއްގައެވެ. މިހާރުވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުގެ މާބޮޑު އިންސައްތައެއް ލިބިވަޑައިނުގަންނަވާނެކަން ޔަގީންވާ ކެންޑިޑޭޓުންވެސް އެބަތިއްބެވިއެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު އެނގޭ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ. ބައެއް ކެންޑިޑޭޓުންނަށް، 2013 ވަނަ އަހަރުގެ އިންތިޚާބުގައި އޭރުގެ ރައީސަށް ކުރެއްވުނު ވަރުވެސް ނުކުރެއްވޭނެކަން މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެނގެއެވެ.

ބައެއް ކެންޑިޑޭޓުންނަކީ އިންތިޚާބުގައި ބޮޑު އިންސައްތައެއް ހޯއްދަވާނެ ކެންޑިޑޭޓުންނެވެ. ނަމަވެސް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު އެތައް ގުނައެއް ތާއީދު ކުޑަކަން އެ ކެންޑިޑޭޓަށްވެސް އެނގިވަޑައިގަންނަވާއިރު، ފުރަތަމަ ބުރުގައި ވާދަކުރައްވަން ބޭނުންފުޅުވެއެވެ. ހޮވިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަތް ނަމަވެސް، މި ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރައްވަނީ ދެވަނަ ބުރަކަށް އިންތިޚާބު ގެންދެވުމަށެވެ. އެއީ ފުރަތަމަ ބުރުގައި ހޯދާ ޕަސެންޓާއެކުގައި ދެވަނަ ބުރެއްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ހޮވިވަޑައިގަންނަވާނެ ކަމަށް ހީވާ ކެންޑިޑޭޓާއެކު ކޯލިޝަނެއް ހެއްދެވުމުގެ އެދުންފުޅުގައެވެ.

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިހާތަނަށް 3 އިންތިޚާބު ބާއްވާފައިވާއިރު، 2008 އަދި 2013ގައި ވެސް ފެނިގެންދިޔައީ މި މަންޒަރެވެ. އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރަށް ދެ ކެންޑިޑޭޓުން ވާދަކުރައްވާއިރު، ކުރިން ވާދަކުރެއްވި އިތުރު ކެންޑިޑޭޓުން ކޯލިޝަނެއް ހައްދަވައިގެން، ސަރުކާރުން ބައި އަޅައިގެން އިންތިޚާބު ކާމިޔާބު ކުރުމަށް ނުކުމެއެވެ. ނަމަވެސް އެ ދެ އިންތިޚާބަށްފަހު ވެސް އެކި ސަބަބުތަކާހުރެ ދެވަނަ ބުރުގައި ހެދި ކޯލިޝަންތައް ރޫޅިގެންދިޔައީއެވެ.

މިއީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވާ ގޮތުގައި، ދެވަނަ ބުރަކަށް އިންތިޒާރު ނުކޮށް ފުރަތަމަ ބުރުގައި ގުޅިގެން ނުކުންނަންވީ ސަބަބެވެ. ބ. ކެންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެވަނަ ބުރެއްގައި ކޯލިޝަން ހަދާއިރު އެ ބޭނުންވާ މަޝްވަރާތައް ކުރުމަށް ބޭނުންވާ ވަގުތު ނުލިބޭނެއެވެ. ޚިޔާލުތަފާތުވުންތަކާއެކު ވެސް ގުޅިގެން ގައުމު ހިންގޭނީ މަޝްވަރާއާއެކު ކަމަށް ވާއިރު، އަވަސް އަރުވާލައިގެން ނިންމާ ނިންމުންތައް މާގިނަ ދުވަހަށް ދެމިގެން ނުދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރު މުއްދަތެއްގައި ކުރާ މަޝްވަރާއަކާއެކު ކޯލިޝަނެއް ހަދައިގެން އެ ކޯލިޝަނެއް ކާމިޔާބުވެސް ވެދާނެއެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރަކަށް ދާނެ ވަރަށްވެސް ވޯޓު ލިބިވަޑައިނުގަންނަވާނެކަން ޔަގީނުން އެނގިވަޑައިގަންނަވާއިރު، ދެވަނަ ބުރަކަށް އިންތިޚާބު ގެންދިއުމުގެ މަގުސަދުގައި ވާދަކުރެއްވުމަކީ ރައްޔިތުންނަށް ދޭ ކިހާ ބޮޑު ގެއްލުމެއްތޯއެވެ. އެއްކޮޅުން ރައްޔިތުންގެ އަގުހުރި ވޯޓު ފުރަތަމަ ބުރުގައި ބޭކާރުކޮށްލަން ޖެހެނީއެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ދައުލަތުން ދާނެ ޚަރަދުވެސް އިތުރުވީއެވެ. ބަޖެޓުގައި ރިޔާސީ އިންތިޚާބަށް ބަޖެޓެއް ކަނޑައަޅާފައިވާއިރު ދެވަނަ ބުރަކަށް ހިނގައްޖެނަމަ އެ ބަޖެޓުން ނުވާނެ ކަމަށާއި، ބަޖެޓު އިތުރުކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ އީދު ލަވައަށް ބޮޑު ތަރުހީބެއް

ރާއްޖެ ޓީވީގެ އީދު ލަވައަށް ބޮޑު ތަރުހީބެއް

21 އޯގަސްޓު 2019
ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

ދުވެލި ބާރުކޮށް، ސަރުކާރު ދެވަނަ ގިޔަރަށް ޖަހަން އިތުރު ބަހަނާއެއް ނެތް!

19 ޖޫން 2019
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ދެވަނަ ބަޣާވާތެއް ކޮށްފާނެތަ؟

13 މާރިޗު 2019
ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަށް އިންތިޚާބުގައި ވާދަކުރެވުން: ގާނޫނުއަސާސީއާ ހިލާފެއް ނޫން!

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަށް އިންތިޚާބުގައި ވާދަކުރެވުން: ގާނޫނުއަސާސީއާ ހިލާފެއް ނޫން!

12 ފެބުރުއަރީ 2019
ތަގްސް އޮފް ހިންދުސްތާން: ބޮޑު ތަރުހީބެއް

ތަގްސް އޮފް ހިންދުސްތާން: ބޮޑު ތަރުހީބެއް

10 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު