Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލުފުށީގެ ތަރައްޤީ

ރައީސްގެ ވައުދުފުޅު ވިލުފުއްޓަށް: އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު، ޕިކްނިކް ދިއުމަށް ވަކި ރަށެއް

ހޮސްޕިޓަލުގެ ވައުދު ފުއްދާނީ އެމްޑީޕީ ސަރުކާރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2023 | އާދީއްތަ 06:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތ. ވިލުފުށީގައި ވާހަކަފުޅުދައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތ. ވިލުފުށީގައި ވާހަކަފުޅުދައްވަނީ

ތ. ވިލުފުށީގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު، ޕިކްނިކް ދިއުމަށް ވަކި ރަށެއް ހިއްކައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާއަށް ތ. ވިލުފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ފުދުންތެރިކަން އިތުުރުކުރުމަށް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، ކެމްޕޭން މި ކުރިއަށް ގެންދަނީ ތަސައްވުރަކާއެކީގައި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވިލުފުށީގައި ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށް އެއްވެސް ވެރިޔަކަށް ވިދާޅު ނުވެވުނު ކަމަށާއި، އެ ވައުދުވީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވިލުފުއްޓަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް:

- އެއަރޕޯޓް ހިއްކާ އިރު ޕިކްނިކް ދިއުމަށް ވަކިން ފަޅުރަށެއް ހިއްކުން.

- ބަނދަރު އަލުން ހަދާ މައްސަލަ ހައްުލުކުރުން.

- ބާކީ ހުރި ހުިރހާ މަގެއްގައި ތާރު އެޅުން.

- ހޮސްޕިޓަލު އަޅާ ނިމެންދެން ސިއްހީ މަރުކަޒަށް، ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުން.

ރައީސް ވަނީ ވިލުފުށީ ރައްޔިތުން ވިސްނާ ވަޑައިގެން ސަރުކާރާ އެކު ތިއްބެވުމަށް އެދިވަޑައިގަންނަވާފައެވެ. ރައީސް ވިދާޅުވީ ބައެއް މަސައްކަތް މަޑުޖެހިފައި ހުރެދާނެ ކަމަށާއި އެއީ ނުކުރާނެ ކަމެއް ނޫން ނޫން ކަމަށެވެ.

ރައީސް ވަނީ އިންތިހާބު އޮންނަ ދުވަހު ވިލުފުށީ ރައްޔިތުން ނުކުމެ ނިންމަވަން ޖެހެނީ ވަރަށް މުހިންމު ނިންމުމެއް ކަަމަށެވެ. އެއީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމަންޖެހެ ނިންމުމެއް ކަމަށާއި، ނިންމުން ނިންމަންޖެހެނީ އެ ނިންމުމުގެ ސަބަބުން ތިމާއަށް ރަށަށް އަދި ގައުމަށް އަންނާނި ކޮން ބަދަލެއްތޯ ވިސްނާ ފިކުރު ކުރުމަށްފަހު ނިންމަންޖެހޭ ނިންމުމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު