Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

އައިއޯއައިޖީ: ފިރިހެން ހޭންޑްބޯޅަ ޓީމާއި އަންހެން ބާސްކެޓްބޯޅަ ޓީމުވެސް ފުރަތަމަ މެޗުން ބަލި

ފިރިހެން ހޭންޑްބޯޅަ ޓީމު ބަލިވީ 32-43ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2023 | ހޮނިހިރު 17:39
ކޮމޮރޮސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ކޮމޮރޮސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅާ ޓީމާއި އަންހެން ބާސްކެޓްބޯޅަ ޓީމުވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވެއްޖެއެވެ.

މަޑަގަސްކަރައިގެ ޖިމްނޭސް ކޮމްޕްލެކްސް ވޮންޓޮވޮރޯނާ ހޭންޑްބޯޅަ ކޯޓުގައި ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ބަލިވީ 32-43ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ކޮމޮރޮސް ޓީމުންނެވެ. އެޓީމުގެ ތަކަފީން މުހައްމަދާއި ފަހަދު ސައީދުގެ މޮޅު ކުޅުމާއެކު، ފުރަތަމަ ހާފު ކޮމޮރޮސްއިން ނިންމާލީ 22-13ގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ރާއްޖެއިން ކުޅުން ރަނގަޅުކުރިއެވެ. މުހިއްމު ވަގުތުގައި ޝަހީދާއި ރާއިދުގެ އިތުރުން ފިރުނާޝްގެ ގޯލުތަކާއެކު ސްކޯގެ ފަރަގު ރާއްޖެއިން ކުޑަކުރި ނަމަވެސް، ފަހަތުން އަރައި ލީޑު ކުރެވޭނެ ގޮތެއް ނުވިއެވެ. ފުރަތަމަ ކޮޅުގައި ރާއްޖެއިން ހަ ޕޮއިންޓަށް ލީޑު ކުޑަކުރި ނަމަވެސް މެޗު ނިމުނީ 43-32ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ހިމެނެނީ ގުރޫޕު އޭގައެވެ. ރާއްޖެއާއި ކޮމޮރޮސްގެ އިތުރުން މި ގުރޫޕުގައި ހިމެނެނީ މޮރިޝަސްއާއި މަޑަގަސްކަރައެވެ. މުބާރާތުގެ ދެވަނަ މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނިކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ.

ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ރިޔޫނިއަން އަތުން ބަލިވެފައިވަނީ 85-34ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު 23-13ގެ ފަރަގަކާއެކު ކުރީގައި އޮތީ ރިޔޫނިއަނެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު، ލީޑު ފުޅާ ނޫންނަމަވެސް، ދެވަނަ ކުއާޓަރުގައި ރިޔޫނިއަނުން ވަނީ މޮޅު ކުޅުމެއް ދައްކައި، ބޮޑު ލީޑެއް ނަގާފައެވެ. މި ކުއާޓަރުގައި ގައުމީ ޓީމަށް ސްކޯ ކުރެވިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެއާ ޚިލާފަށް، ރިޔޫނިއަން ޓީމުން ވަނީ ގިނަ ފަހަރުތަކެއް މަތިން، ތިން ޕޮއިންޓު ސްކޯކޮށްފައެވެ. ދެވަނަ ކުއާޓަރު ނިމުނުއިރު، ރިޔޫނިއަން ވަނީ 48-16ން ކުރިހޯދާފައެވެ.

މެޗުގެ ތިންވަނަ ކުއާޓަރުގައިވެސް ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ކުއާޓަރުގައި ސްކޯ ކުރެވުނީ ހަތް ޕޮއިންޓެވެ. ރިޔޫނިއަންގެ ޓީމުން ވަނީ 22 ޕޮއިންޓު ސްކޯކޮށްފައެވެ. ރާއްޖެއާއި ރިޔޫނިއަންގެ އިތުރުން ސީޝެލްސް ހިމެނިފައިވަނީ ގުރޫޕު ބީގައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ ބައެއް އިތުރު ކުޅިވަރުތަކަށް ބަލާއިރު، ޓައެކްވަންޑޯގެ ފިރިހެން 58 ކިލޯގެ ބައިން ރާއްޖޭގެ މުހައްމަދު އަރުޝަދު އިބްރާހިމް ރަޝީދު ވަނީ މަޑަގަސްކަރައިގެ ރަޒާކަރީސޯ އަތުން ބަލިވެފައެވެ.

ހޮނިހިރު ދުވަހު، ފިރިހެން ސިންގަލްސް އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ހިމެނޭހެން ޖުމްލަ 10 މެޗުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިންވެސް ވާދަކޮށްފައިވެއެވެ. މި 10 މެޗުގެ ތެރެއިން، ރާއްޖޭގެ ކުޅުންތެރިންނަށް ކާމިޔާބުކުރެވިފައިވަނީ ދެ މެޗެވެ. މި ދެ މެޗު ކާމިޔާބުކޮށްފައިވަނީ އަންހެން ސިންގަލްސްއިން ނަޔާރާ އުސާމާއާއި ފިރިހެން ޑަބަލްސްގެ ބައިން އަބްދުﷲ ފާއިހް ފަޒީލްއާއި ދާއޫދު ޝަހީބުގެ ޕެއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު