Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީގެ މައްސަލަތައް

އަންހެނެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހި ލަންކާ މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ލަންކާ ފިރިހެނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2023 | ހޮނިހިރު 08:38
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އަންހެނެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖެހި ލަންކާ މީހަކު ހައްޔަރުކޮށް، އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާރާމާރީގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ލަންކާ ފިރިހެނެކެވެ.

Advertisement - newsAdvertisement

އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ކްެރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 4 ސެޕްޓެމްބަރު 2023ގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ ހެކި ހުށައެޅިފައިވެއެވެ. ޙާދިސާ ރިޕޯޓުގައިވެސް ދަގަނޑުބުރިއަކުން އޭނާ މީހެއްގެ ގައިގައި ޖެހިކަމަށް ބަޔާންކޮށްފައިވެއެވެ.

އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާ ދަގަނޑުބުރިއަކުން ޖެހުމުގެ ސަބަބުން އަންހެންމީހާގެ ބޮލުން ދޮޅު އިންޗި ހުންނަވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް އައިއޯ ބުނެފައިވާކަމަށެވެ.

އަދި އޭނާއަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަމަށްވެސް އައިއޯ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ވަނީ ވަކީލަކު ބޭނުންވާކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު