Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

ކުލަގަދަ ރަސްމިއްޔާތަކާއެކު އައިއޯއައިޖީ ފަށައިފި

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ނުވަ ކުޅިވަރެއްގައި ވާދަކުރާނެ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2023 | ހުކުރު 18:37
މުބާރާތުގައި ރާއްޖެއިން ވާދަކުރާ ބައެއް އެތުލީޓުން

މުބާރާތުގައި ރާއްޖެއިން ވާދަކުރާ ބައެއް އެތުލީޓުން

ކުލަގަދަ ރަސްމިއްޔާތަކާއެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 މަޑަގަސްކަރާގައި ފަށައިފިއެވެ.

އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މަޑަގަސްކަރާގެ ރައީސް އަންދްރޭ ރައޮލިނާ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބަލައި، ގައުމު ތަކުގެ އެތުލީޓުންނަށް ހިތްވަރު ދިނުމަށް ހާޒިރުވެތިބި ސަޕޯޓަރުން ވަނީ މުޅި ސްޓޭޑިއަމް ފުރާލާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން މަޑަގަސްކަރައިގެ ސަގާފީ ހަރަކާތްތަކުގެ އިތުރުން ޑްރޯން ޝޯ އާއި އެހެނިހެން އިތުރު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 17 ކުޅިވަރެއް ހިމެނެއެވެ. އޭގެތެރެއިން ނުވަ ކުޅިވަރުގައި ރާއްޖެއިން ވާދަކުރާނެއެވެ. އެއީ ބެޑްމިންޓަން, ސްވިމިންގ, ޓޭބަލް ޓެނިސް, ޓެނިސް, ޓައެކްވޮންޑޯ, ބާސްކެޓްބޯޅަ, ހޭންޑްބޯޅަ, ވޮލީބޯޅަ އަދި އެތްލެޓިކްސް އެވެ. އެތްލެޓިކްސްގައި ރާއްޖޭގެ ޕެރައެތްލެޓިކްސް ޓީމްގެ ދެ އެތްލީޓުން ވާދަކުރާއިރު، ބާސްކެޓްބޯޅައިގައި ތްރީ އޮން ތްރީގައިވެސް ރާއްޖޭގެ އަންހެން އަދި ފިރިހެން ދެޓީމް ވާދަކުރެއެވެ. މި ނުވަ ކުޅިވަރުގައި ރާއްޖެއިން ޖުމްލަ 172 އެތުލީޓުން ބައިވެރިވާނެއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ރީޔޫނިއަން, ސީޝެލްސް, ކޮމޯރޯސް, މޮރިޝަސް, މަޑަގަސްކަރަ އަދި މަޔޯޓްއެވެ. މިއީ މި މުބާރާތް ބާއްވާ 11 ވަނަ ފަހަރެވެ.

މުބާރާތުގެ ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުން ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެންމެ ފަހުން އޮތް މުބާރާތުގައި ރާއްޖެއިން 15 މެޑަލް ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތަށް ވަނީ ކުރިޔަށްވުރެވެސް ބޮޑަށް ތައްޔާރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު